ށ. ފޯކައިދޫ

ދިހަ އަހަރަށް ފަހު ށ. ފޯކައިދޫއިން ގޯތި ދޫކުރަން ރޭ އިއުލާނުކޮށްފިއެވެ.

ށ. ފޯކައިދޫ ކައުންސިލުން ބުނީ އެ ރަށުން ދިރިއުޅުމަށްޓަކައި ދޫކުރަން ނިންމާފައިވަނީ 2000 އަކަފޫޓުގެ 120 ގޯތި ކަމަށެވެ.

ގޯއްޗަށް އެދޭ ފަރާތްތަކުގައި ހުންނަން ޖެހޭ ބައެއް ޝަރުތުތައް:

  • ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން
  • ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓު ހަމަވާ ނުވަތަ އެއަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން،
  • ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން.
  • ފާއިތުވި 2 އަހަރުދުވަހުގެ ތެރޭގައި ވާރުތަ މުދަލުގެ ގޮތުގައި ލިބިފައިވާ 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ޝަރުޢީ މަރުހަލާއެއްގެ ތެރެއިން ދޫކޮށްލާފައިވާ ފަރާތަކަށް ވުން
  • ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓައް ވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރު ތެރޭގައި މީހަކަށް ދީފައި ނުވަތަ ވިއްކާފައި ވުން

އެ ކައުންސިލުން ބުނީ ޝަރުތު ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަން ޖެހެނީ  ކައުންސިލް އިދާރާއަށް ކަމަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ފެބްރުއަތީ 15 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:30 އަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.