މޫލީ ފޮލޯކޮށްގެން ތިންވަނަ ޖެނެރޭޝަނުގެ އެއާޕޮޑަކާއި 2022ގެ ކަލަންޑަރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައި ވަނީ މޫލީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައެވެ. އެގޮތުން ފޭސްބުކާއި އިންސްޓަގްރާމުގައި މޫލީގެ ޕޭޖު ފޮލޯކޮށް، ހުޅުވާލި ފުރުސަތާ ބެހޭ ޕޯސްޓު ލައިކް ކުރުމަށްފަހު ތިން ރައްޓެހިން ޓެގުކޮށް ކޮމެންޓް ކުރުމުން މި ހަރަކާތުގައި ބައިވެރިވެވޭނެއެވެ.
މޫލީގެ މި ހާއްސަ އޮފާ ހުޅުވާލާފައި ވަނީ މާދަމާރޭގެ 11:59ގެ ނިޔަލަށެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން ތަކުރާރުކޮށް، އެމީހަކު ބޭނުން ވަރަކަށް ރައްޓެހިން ޓެގުކޮށް، ކޮމެންޓު ކުރެވެނެއެވެ.
މޫލީ އަކީ އުރީދޫގެ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމެވެ. މޫލީން ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލް ކޮށްދެއެވެ. އުރީދޫގެ ޕްރޮޑަކްޓުތައް އޯޑަރު ކުރުމާއި، އޮންލައިންކޮށް ފައިސާދެއްކުން، އަދި އޮންލައިންކޮށް އޯޑަރު ކުރާ ޕްރޮޑަކްޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވާ ކޮށްދިނުމަކީ މޫލީން ދޭ ޚިދުމަތްތަކެވެ.