ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ފަސްވަނަ ރާޅުގެ ކޭސްތައް ކޮންޓްރޯލް ކުރުމަށްޓަކައި ޕާކިސްތާނުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ޕާކިސްތާނުގެ ކަމާ ބެހޭ އިދާރާއިން ވަނީ އެގައުމުގެ ބޮޑެތި ސިޓީތަކުގެ އެއްވުންތަކާއި ބައެއް ސްކޫލްތަކުގައި އެއްވުންތައް ބޭއްވުން މަނާކޮށް އާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، އިންޑޯރ އެއްވުންތައް ބޭއްވުން މަނާކުރުމާއި، ރެސްޓޯރަންޓްތަކުގައި އިންޑޯ ޑައިނިން މަނާކުރުން ހިމެނޭ ގޮތަށް ފިޔަވަޅުތައް ވަރުގަދަކޮށްފައިވެއެވެ.

އަދި ޖިމް، ސިނަމާ، ޕާކު އަދި ކުޅިވަރު ކުޅޭ ތަންތަން ފަދަ ތަންތަނުގައި އަޅާފައިވާ ފިޔަވަޅުތައް ވެސް ވަނީ ހަރުކަށިކޮށްފައެވެ.

މި ފިޔަވަޅުތައް ތަންފީޒު ކުރަމުންދަނީ ކަރާޗީ، ލާހޯރު، ވެރިރަށް އިސްލާމްއާބާދު އަދި ދެކުނުގެ ސިޓީއެއް ކަމަށްވާ ހައިދަރުއާބާދު ހިމެނޭ ގޮތަށް ތިން ދުވަހުގެ އެވްރެޖް ޓެސްޓުގެ ރޭޓް 10 ޕަސެންޓަށް ވުރެ މަތި ސިޓީތަކުގަ އެވެ. ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ދަށް ސަރަހައްދުތަކުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައެއް ނުވެއެވެ.

ޕާކިސްތާނުން ބުދަ ދުވަހު 6808 ކޭސް ރިޕޯޓުކުރިއިރު، މިއީ ބަލިމަޑުކަން ފެށުނު ފަހުން ދުވާލެއްގެ މައްޗަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ފަހަރެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 6377 އަށް އަރާފައިވާއިރު، މިއީ މި މުއްދަތުގައި އެންމެ ގިނަ އަދަދަކަށް އެކްޓިވް ކޭސްތައް އިތުރުވި ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.