ވިލާ ކޮލެޖުގެ ގްރެޖުއޭޝަންގެ ތެރެއިން - ފޮޓޯ: މިހާރު

މި ސަރުކާރުން ތައާރަފްކޮށްފައިވާ ހިލޭ ޑިގްރީ ސްކީމްގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމަޔަށް 2،000 އަށް ވުރެ ގިނަ ކުދިން ކިޔަވާ ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ފުރަތަމަ ޑިގްރީ އާ ހަމައަށް ހިލޭ ކިޔެވޭ ގޮތަށް ސަރުކާރުން ހެދީ 14 ޖެނުއަރީ 2019 ވަނަ އަހަރުން ފެށިގެންނެވެ. އެ މިނިސްޓްރީން ބުނީ މިހާތަނަށް އެ ސްކީމުގެ ދަށުން 12،730 ދަރިވަރުން މި ސްކީމްގެ ދަށުން ކިޔަވަން ހަމަޖެހިފައިވާކަމަށެވެ.

އޭގެ ތެރެއިން 10،103 ކުދިން މިހާރު ވެސް ކިޔަވަމުން އަންނައިރު، 2،127 ދަރިވަރުން މިހާރު ކިޔަވާ ނިމިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނީ މިދިޔަ ތިން އަހަރު ތެރޭގައި 349 މިލިއަން ރުފިޔާ އެ ސްކީމަށް މިހާތަނަށް ހޭދަކޮށްފައިވާކަމަށެވެ.

ހިލޭ ޑިގްރީ ސްކީމް މެދުވެރިކޮށް އެއްކޮށް ހިލޭ ކިޔެވެނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައެވެ. އަމިއްލަ ކޮލެޖުތަކުގެ ޑިގްރީ ޕްރޮގްރާމްތަކަށް ސަރުކާރުން ދައްކައިދެނީ 40-60 ޕަސެންޓާ ހަމައަށެވެ.

1
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.