ކޮވިޑުގައި މަރުވި މީހެއްގެ ޖަނާޒާ ހުޅުމާލެ ސަހަރާގައި ކުރިޔަށް ދަނީ - ފޮޓޯ: ހަފްތާ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ތިންވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޗެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ފުރަތަމަ މަރުވީ ލާމު ކޮވިޑް-19 ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 6:04ގައެވެ.

ދެވަނަ އަށް މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ މަރުވީ ހެނދުނު 6:16ގައެވެ.

ތިންވަނައަށް މަރުވީ ހެނދުނު 9:00 ގައި އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 76 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

މިއާއެކު ރާއްޖެއިން 268 މީހަކު ކޮވިޑް-19ގައި ވަނީ މަރުވެފައެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ އިއްޔެ އެކަނިވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2،000ން މައްޗަށް އަރާފައެވެ. މިފަހުން ގިނައިން ޕޮޒިޓިވްވަނީ މާލެއިންނެވެ. މާލޭގެ ޕޮޒިޓިވިޓީ ރޭޓް މިހާރު ހުންނަނީ 36 އިންސައްތައެވެ.

މުޅި ރާއްޖެއިން މިހާރު ކޮވިޑަށް ފަރުވާކުރަމުން އަންނަ 9،000 ވުރެ ގިނަ މީހުން އެބަ ތިއްބެވެ. ނަމަވެސް މިވަގުތު ފަރުވާދެމުންދާ މީހުންގެ އަދަދުތައް ހުރީ 50 އަށް ވުރެ ދަށުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.