ސިނަމާލެ ބްރިޖް ސަރަހައްދު -- ފޮޓޯ: އިސާމް / ޖަޒީރާ

ރާއްޖޭން މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2000 އިން މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ވޭތުވެދިޔަ 24 ގަޑިއިތުގެ ތެރޭގައި ޓެސްޓުކުރެވުނީ 7،171 ސާމްޕަލްކަމަށާއި އޭގެތެރެއިން ޕޮޒިޓިވްވީ 2،137 ސާމްޕަލްކަމަށެވެ. ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން 3،361 ސާމްޕަލްއަކީ މާލެ ސަރަހަށްދުން ޓެސްޓުކުރި ސާމްޕަލްތަކެކެވެ. މާލެ ސަރަހަށްދުގެ ޕޮޒިޓިވިޓީ ރޭޓް މިހާރު ވަނީ 36 އިންސައްތައަށް އަރާފައެވެ.

ރާއްޖޭން ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވާތީ ރެޑް އެލާޓަށް ލާފައިވައިރު، އެންމެ ގިނަ އަދަދަކަށް މިހާރު ޕޮޒިޓިވްވަނީ މާލެ ސަރަހަށްދުންނެވެ.  އެގޮތުން އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 1،219 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހަށްދަށެވެ. 547 މީހަކު އަތޮޅުތެރޭގެ ރަށްތަކަށް ނިސްބަތްވާއިރު، 89 މީހަކު ރިސޯޓްތަކުން ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 9،574 އަށް އަރާފައެވެ. އަދި ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވަނީ 43އަށް އަރާފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭން މިހާތަނަށް108،732 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 98،880 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި 265 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.