ހަލީމަތު ލަމްހާ އަދި މާވިން އެސްވައި. ޖަޒީރާ ގްރެފިކްސް: އިބްރަހިމް އިފާޒް

ފިލިޕީންސްއަށް ނިސްބަތްވާ ނަރުސް މޭރީ ގްރޭސް ޕިނެޑާގެ މަރުގެ މައްސަލާގައި، އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާގަސް އަދި އެމައްސަލައިގައި ހައްޔަރުކުރި މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް މާދަމާ ފަށަން ތާވަލްކޮށްފިއެވެ.

އެދެމީހުންގެ މައްޗަށްކުރާ ދައުވާތަކުގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައިވަނީ މަދާމާ ހެނދުނު 10:00އަށެވެ.

އުމުރުން 30 އަހަރު މާވިންއާއި ޅ. ހިންވަރު، މާފިނި، ހާލީމަތު ލަމްހާ އަބްދުއްރަހުމާން (24) ގެ މައްޗަށް ދައުވާ އުފުލީ ދުރާލާ ރާވައިގެން، މޭރީ ދިރިއުޅެމުން ގެންދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި އޭނަ މަރާލިކަމުގެ ތުހުމަތުގައެވެ.

މާވިންގެ މައްޗަށް އުފުލާފައިވަނީ އެއް ދައުވާއެކެވެ. އެއީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. މާވިންގެ މައްޗަށް އެ ދައުވާ އުފުލާފައިވާ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނީ، މާވިން، އޮކްޓޫބަރު 19 ވަނަ ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނަ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި އޭނާގެ އަންހެނުން، މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރާލާފައިވާތީކަމަށެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ މާވިންއަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެމައްސަލައިގައި ހައްޔަރުކުރި ލަމްހާގެ މައްޗަށް ޕީޖީން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. ތިން ދައުވާ ސާބިތުވެއްޖެނަމަ ލަމްހާއަށް މައްޗަށް ހަ އަހަރާއި ހަތަރު މަސް އަދި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދަންޖެހިގެން މަރުވީކަމަށް ބުނެ އޮކްޓޯބަރު 19 ވަނަ ދުވަހު މޭރީގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންދިޔައީވެސް އޭނާގެ ފިރިމީހާ މާވިންއެވެ. ނަމަވެސް މޭރީ ގްރޭސްގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމީ އެކަމުގައި ޝަކުކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުގެ ސަބަބުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.