ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގެނައި ބަލިމީހަކު ލިފްޓަށް އަރުވަނީ -- ފޮޓޯ: އަލީ ނަސީރު

ރޭ ދަންވަރު އުމުރުން 25 އަހަރުގެ އަންހެނަކު މަރުވީ ކޮވިޑް ބަލީގައި ނޫން ކަމަށް ކަނޑައަޅައިފިއެވެ.

25 އަހަރުގެ ޒުވާނަކު ކޮވިޑް ބަލީގައި މަރުވި ކަމަށްބުނެ ނޫސްތަކުން ރިޕޯޓް ކުރީ މިއަދު ހެނދުނެވެ. ނަމަވެސް އޭނާ މަރުވީ ކިޑްނީ ބައްޔަށް ފަރުވާ ދެމުންދަނިކޮށެވެ. އޭނާ މަރުވިއިރު ކޮވިޑަށް ޕޮޒިޓިވްވެފައި ހުރި ނަމަވެސް މަރުވީ ސީދާ ކޮވިޑް ޖެހިގެން ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

ބައެއް ފަހަރު ބޮޑެތި ބަލިތަކަށް ފަރުވާ ދެމުންދަނިކޮށް މަރުވާ މީހުން މަރުވާއިރު ތިބެނީ ކޮވިޑަށް ޕޮޒިޓިވްވެއެވެ. ނަމަވެސް އޭނާ މަރުވާން ދިމާވި ސަބަބަކީ ސީދާ ކޮވިޑް ކަމަށް ނުވެވެސް ދެއެވެ. އެގޮތުން، މިހާތަނަށް އައިއިރު 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށް އެހެން ސަބަބަކާހުރެ މަރުވެފައި ވެއެވެ.

ބަލިމީހަކު މަރުވަނީ ކޮވިޑުގައި ކަމަށް ކަނޑައެޅުމާއި ނޭޅުމުގެ އިޚްތިޔާރު އެޗްޕީއޭއަށް ލިބިގެންވެއެވެ.

މިހާތަނަށް އައިއިރު ކޮވިޑް ބަލީގައި މަރުވެފައި ވަނީ 265 މީހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.