ޔާމީން ރަޝީދު

ތޫނު އެއްޗަކުން ހަމަލާދީ ރަހުމުކުޑަ ގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ސ. ފޭދޫ، ޗަބޭލީގޭ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

ޔާމީންގެ މަރުގެ މައްސަލާގައި 6 މީހެއްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި ކަމުގެ ދައުވާ ކޮށްފައިވީ ނަމަވެސް ކުށް ސާބިތުވީ ދެ މީހުންގެ މައްޗަށެވެ. އެއީ  ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. މި މައްސަލާގައި ދައުވާކުރި އަނެއް ހަތަރު މީހުން ވަނީ ދައުވާއިން ސަލާމަތްވެފައެވެ.

ދައުވާއިން ސަލާމަތްވީ، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދެވެ. މމި މައްސަލައިގެ ހުކުމް މިއަދު އިއްވާފައި ވާއިރު، މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ.ސްޕެޓޫލާ، ސިޑި ކައިރިން 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭގަ އެވެ. ޔާމިން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށްވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.