މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް | ފޮޓޯ: ޔޫތު މިނިސްޓްރީ

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ފެށުމަށް މިއަދަށް ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

މަހްލޫފް މައްސަލައިގެ އަޑު އެހުން ޝެޑިއުލްކުރީ މިއަދު 11 ޖަހާއިރަށެވެ. މައްސަލަ ކެންސަލްވި ވަކި ސަބަބެއް އަންގާފައެއް ނުވެއެވެ. މަހުލޫފުގެ މައްޗަށް ކޮށްފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

މިނިސްޓަރު މަހުލޫފަށް ދައުވާކުރި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނެފައިވަނީ، މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު އަބްދުލްގަފޫރު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 ޑޮލަރު، މަހުލޫފްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީކަމަށް ބުނެއެވެ.

ޕީޖީ އޮފީހުން މިނިސްޓަރު މަހުލޫފަށް ދައުވާކުރުމާއެކު، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމާއި މިނިސްޓަރުގެ ޕީއޭ އަޒުމޫން އަހުމަދާ ދެމެދު ދައްކާފައިވާ ވާހަކަތަކެއްގެ ސްކްރީންޝޮޓްތަކެއް ހާމަކުރައްވާ މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވަނީ، ދައުވާކުރަން ނިންމުމަކީ ކަނޑައެޅިގެން ޕީޖީ ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއްކަން ޗެޓްލޮގުންވެސް އެކަނި ހާމަވާކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ، ދައުވާކުރިޔަސް އިސްތިއުފާ ނުދެއްވާނެކަމަށާއި، ކޯޓުގައި ހަގީގަތް ސާފުވާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *