3 މެއި 2021 - ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19ގެ އައު ވޭރިއަންޓާއި އެކު ރާއްޖެ ކޮވިޑް-19ގެ ހަތަރު ވަނަ ރާޅެއް ތަޖުރިބާކުރަމުން އަންނައިރު، މި ރާޅު އެހެން ރާޅުތަކަށް ވުރެ ބޮޑު ކަމަށާއި، އެހެންވެ ކުރިޔާ އަޅާބަލާއިރު މިކަމުގައި ގިނަ ދުވަސް ހޭދަކުރަން ޖެހިދާނެ ކަމުގެ އިންޒާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މި ހަފްތާއިން ފެށިގެން ކޮވިޑް-19 ގެ ކޭސްތައް 1000ން މައްޗަށް އަރާފައި ވާއިރު، އެކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ވެސް ވަރުގަދަ ކޮށްފައެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް-19 ފެތުރޭ ގޮތަށް ބަލައި އެޗްޕީއޭއިން ހަދާ ޕްރެޑިކްޝަންތަކަށް ބަލާއިރު، މިދިޔަ ދެ އަހަރު ތެރޭގައި ފެނުނު ދެ ވޭވް އަށް ވުރެ ވެސް މިހާރު ފެތުރެމުން މިދާ ވޭވްގެ ޕީކް ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކުރީގެ ވޭވް އަށް ބަލާއިރު ވެސް ގާތްގަނޑަކަށް މޭ މަސް އެއްކޮށް ދިޔައެއްނުންތޯ. އެހެންވީމަ އެއަށް ވުރެ ބޮޑު ވޭވް އެއް އަންނައިރު އެއަށް ވުރެ ގިނަ ވެސް ވެދާނެ

ޑރ. ވިދާޅުވީ މިހާތަނަށް ކޮވިޑް-19 ކޭސްތައް ފެތުރުފައިވާގޮތަށް ބަލާއިރު އެޗްޕީއޭއިން ލަފާކުރާ ވަރަށް ވުރެ ކޭސްތައް އަބަދުވެސް މަދުވާ ކަމަށެވެ. އެހެން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށް އެކަންކަމަށް ބަލާތީ ކަމަށާއި، މިފަހަރުވެސް އުސޫލުތަކަށް ބަލާނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ ހަފްތާއިން ފެށިގެން ކޭސްތައް ގިނަވާން ފަށައި މިހާރު ކޭސްތައް ރިޕޯޓުކުރާ އަދަދު 1000ން މައްޗަށް ގޮސްފައިވާއިރު ރޭ ވެސް 1594 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި ބަލި ޖެހިފައި އެކްޓިވް ކޭސްގެ ގޮތުގައި 8،097 މީހުން ތިބި އިރު، ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 40 މީހަކަށެވެ. ކޭސްތައް މިވަރަށް އިތުރުވާއިރު ގިނައީ މާލެ ސަރަހައްދުން ރިޕޯޓުކުރާ ކޭސްތަކެވެ.

ކޮވިޑް ގެ ހާލަތު ގޯސްވެ ރެޑް އެލާޓްގައި އޮތް ނަމަވެސް އެޗްޕީއޭއިން ވަކި ހާއްސަ ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ. ބަދަލު ގެނައީ ހަމައެކަނި ދަތުރުކުރުމަށެވެ. އެގޮތުން މިހާރު އަތޮޅުތެރެއަށް ދާން ޖެހެނީ ޓެސްޓުކޮށް ނެގެޓިވް ނަތީޖާ ލިބުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.