ލޮކްޑައުން ތެރޭގައި މާލެ ސިޓީ -- ފޮޓޯ: ސަން

ކޮވިޑުގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ގޯސްވެފައިވާއިރު، މިރޭގެ ޖުމްލަ ޕޮޒިޓިވް އަދަދު 1،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

އެޗްޕީއޭއިން މިރޭ ބުނީ މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑަށް ޓެސްޓުކުރި 5،061 ސާމްޕަލްގެ ތެރެއިން 1،209 ސާމްޕަލް ޕޮޒިޓިވްވެފައިވާކަމަށެވެ. އެއާއެކު އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ހުރީ 5،975 ގައެވެ.

ޕޮޒިޓިވް ކޭސްތައް ރިޕޯޓުކޮށްފައިވަނީ:

  • މާލެ ސަރަހައްދު: 575 ކޭސް
  • އެހެން ރަށްރަށް: 408 ކޭސް
  • ރިސޯޓުތަކުން: 155 ކޭސް
  • ލިވަބޯޑުތަކުން: 4 ކޭސް

މާލެ ސަރަހައްދުން ޕޮޒިޓިވްވި ކޭސްތަކަކީ 2،215 ސާމްޕަލްއިންނެވެ. މާނައަކީ މާލޭގެ ޕޮޒިޓިވިޓީ ރޭޓު މިހާރު 26 ޕަސަންޓަށް އިތުރުވެފައިވާކަމެވެ. ބައްޔަށް ފަރުވާދެމުން ދަނީ 26 މީހަކަށެވެ.

ރާއްޖެއިން ޖުމްލަ ފެނުނު ކޭސްތަކުގެ އަދަދު މިހާރު ހުރީ 103،581 ގައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު ހުރީ 97،328ގައެވެ. ބަލީގައި ޖުމްލަ މަރުވި މީހުންގެ އަދަދު ހުރީ 265 ގައެވެ.

މިހާރު ރާއްޖޭގައި ކޭސްތައް އިތުރުވަމުން އަންނަނީ އޮމިކްރޯން ވެރިއެންޓް ހަލުވިކަމާއެކު ފެތުރެމުންދާތީވެކަމަށް ވަނީ ބެލެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.