ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ހާޒިރުކުރުމަށްފަހު އަނބުރާ ގެންދަނީ -- ޖަޒީރާ ފޮޓޯ: އަހުމަދު ޝުރާއު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ހުންނެވި މުއްދަތަށްވާ އިނާޔަތުގެ ގޮތުގައި، 2.4 މިލިއަން ރުފިޔާ އެމަނިކުފާނަށް ޖަމާކޮށްދީފިއެވެ.

ފިނޭންސް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޝަނޫން 'ޖަޒީރާ' އަށް ވިދާޅުވީ އެމަނިކުފާނު ބަންދުގައި ހުންނެވި މުއްދަތަށްވާ އިނާޔަތުގެ ފައިސާ މިދިޔަ ހަފްތާގައި ޖަމާކޮށްދީފައިވާ ކަމަށެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގައި މަނީ ލޯންޑަރ ކޮށްފައިވާ ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާ 2019، ނޮވެމްބަރު 28ގައި ކްރިމިނަލް ކޯޓުގައި ސާބިތުވެ، އެމަނިކުފާނަށް ކުރި 5 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަން ފެއްޓެވުމާއެކު ދައުލަތުން ދޭ އިނާޔަތްތައް އޮތީ މެދުކެނޑިފައެވެ. އޭރުއްސުރެ މިއަހަރު ނޮވެމްބަރު 30 ވަނަ ދުވަހާ ހަމައަށް އެމަނިކުފާނު ގެންދެވީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

ރައީސް ޔާމީނަށް އިނާޔަތުގެ ފައިސާ ޖަމާކޮށްދީފައިވަނީ މިދިޔަ ނޮވެމްބަރު 30 ގައި ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަން ކުރުމާއެކު ބަންދުގައި ހުންނެވި 24 މަސް ދުވަހަށްވާ އިނާޔަތްތައް ހޯއްދަވަން އެމަނިކުފާނުގެ ވަކީލުން އެދިވަޑައިގަތުމުންނެވެ.

ޖަލަށް ވަޑައިގެންނެވުމުގެ ކުރިން އިނާޔަތުގެ ގޮތުގައި އެމަނިކުފާނު ނަންގަވަމުން ގެންދެވީ މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50،000 ރުފިޔާއާއި ދިރިއުޅޭ ޚަރަދުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50،000 ރުފިޔާއެވެ. ރައީސުލްޖުމްހޫޜިއްޔާކަން ކުރެއްވި ބޭފުޅުންގެ އޮފީސް ހިންގެވުމުގެ ޚަރަދުގެ ގޮތުގައި ދައުލަތުން ދޭން ގާނޫނުން ލާޒިމު ކުރާ 175،000 ރުފިޔާ އެމަނިކުފާނު ނުނަންގަވާތީ އިނާޔަތުގެ ގޮތުގައި ދައުލަތުން ލިބެނީ ޖުމްލަ 100،000 ރުފިޔާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.