- ހަމައެކަނި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު
- ޖަލު އަދަބާއެކު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު
- ގޭބަންދުގެ އަދަބާއެކު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު
ކޮމިއުނިޓީ ސަރވިސް އަކީ ގައިދީއަށް އެއްވެސް އުޖޫރައެއް ލިބޭ ގޮތަކަށް ތަންފީޒު ކުރެވޭ އަދަބެއް ނޫނެވެ.
ޖަލު އަދަބާއި އެކު ކޮމިއުނިޓީ ސަރވިސް ކުރުމާއި، ގޭބަންދުގެ އަދަބާއި އެކު ކޮމިއުނިޓީ ސަރވިސް ކުރުމުގެ އަދަބު ތަންފީޒު ކުރާއިރު ރިއާޔަތް ކުރަން ޖެހޭ ކަންކަމަށް ބަލާލާއިރު، ގައިދީގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ހުރި މިންވަރާއި ޖަލުގެ ހާލަތަށާއި ގައިދީގެ ދިރިއުޅުމުގެ ހާލަތާއި، އާއިލީ ހާލަތުގެ އިތުރުން މާލީ
ހާލަތަށް ބަލަން ޖެހެއެވެ.
މި އަދަބު ތަންފީޒު ކުރަން ފަށާނީ އެ މީހެއްގެ މައްޗަށް ކޮމިއުނިޓީ ސަރވިސްގެ އަދަބު ތަންފީޒު ކުރުމަށް ހުކުމް
ކުރާ ދުވަހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި، އެ މީހެއްގެ މައްޗަށް ކޮށްފައިވާ އަދަބުގެ ބާވަތަށާއި ހާލަތަށް ރިއާޔަތްކޮށް އެސެސްމެންޓެއް ހެދުމަށްފަހުއެވެ. މި އެސެސްމެންޓް ނިމޭތާ 72 ގަޑިއިރު ތެރޭގައި ގައިދީއާއި އެކު އެއްބަސްވުމެއްގައި ސޮއިކުރަން ޖެހެއެވެ. މި އެއްބަސްވުމުގައި ސޮއިކުރާތާ 48 ގަޑިއިރު ތެރޭގައި އަދަބު ތަންފީޒު ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.
މީގެއިތުރުން ގައިދީ އުޅޭ ނޫޅޭ ގޮތް ބެލުމާއި، ޕްރޮބޭޝަންއާއި ފިލައިފިނަމަ ނުވަތަ އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ ޢަމަލުކުރާނޭ ގޮތް ވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.