ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދަންޖައްސަން، ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޒާހިދު ރަމީޒް ގޮވާލައިފިއެވެ.
ޒާހިދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ގައުމަށް ގައްދާރުވުމުން މަރުގެ ހުކުމް އިއްވާކަމަށެވެ. އެހެންކަމުން ދެން އަންނަ ވެރިކަމެއްގައި ރާއްޖޭގައި އިސްލާމީ ޝަރީއަތާއި އެއްގޮތަށް ގާނޫނުތައް ބަދަލުކުރެވި މަރުގެ ހުކުމް ތަންފީޒުކޮށް، ރައީސް ސޯލިހު ދަން ޖައްސާ މަންޒަރު ދެކެން ބޭނުންވާކަމަށެވެ.
Dhuniyeyge bodethi gaumu thakugai gaumah gahdhaaru veema hukum akee maruge hukum. Aharen dheken beynun vanee dhen annah verikamehgai islaamee shareeathaai ehgothah dhivehi raajjeyge qaanoon thah badhal kurevi raajjeygai maruge hukum thanfeezu koh, Raees @ibusolih dhan jehsun. pic.twitter.com/AuY0BeDhro
— Zahid Rameez (@xahidcreator) January 16, 2022
ރައީސް ސޯލިހު ދަންޖައްސަން ގޮވަލާފައިވާއިރު، ގާނޫނުލްއުގޫބާތަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ޒާހިދުގެ މައްޗަށް ހުކުމް ކުރެވޭނެއެވެ.
ގާނޫނުލް އުގޫބާތުގައި ވާގޮތުން، މުއާސަތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން، މާތް الله އާމެދު ނުވަތަ ކީރިތި ޤުރުއާނާމެދު ނުވަތަ ކީރިތި ރަސޫލާއާމެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާމެދު ނުވަތަ އިސްލާމްދީނާމެދު ދޮގު މަޢުލޫމާތު ފެތުރުން ނުވަތަ އެފަދަ ޢަމަލެއް ކުރުމުގައި ބައިވެރިވުމަކީ ކުށެކެވެ.
މީގެއިތުރުން، މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ސިޔާސީ ވިސްނުމަށް، ނުވަތަ ދީނަށް ބަލައި އެމީހަކަށް އަނިޔާއެއް ދިނުން ނުވަތަ އެމީހަކަށް އަނިޔާއެއް ދިނުމަށް ގޮވާލުމަކީ ވެސް ކުށެކެވެ.