ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އޭސީސީގައި ހިމެނޭ ފަސް މެމްބަރުން ވެސް އިސްތިއުފާދިނުމާއެކު އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިމަހު ފަސްވަނަ ދުވަހުއެވެ. އެ މުއްދަތު އިތުރުކުރަން ނިންމާފައި ވަނީ އެ ކޮމިޝަނުގެ މެންބަރުކަމަށް އެކަށީގެންވާ ޝައުގުވެރިކަން ހާމަކޮށްފައި ނުވާތީ ކަމަށް ބެލެވެއެވެ.

އެ ކޮމިޝަނުގައި އެންމެ ފަހަށް ތިބީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި، ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން މެމްބަރު އައިޝަތު އަބްދުﷲއެވެ. އޭގެ ކުރިން މެންބަރުކަމުގައި ތިއްބެވި އިބްރާހިމް ޝަކީލާއި އަލީ އަޝްރަފް އެވެ. ޝަކީލް އަދި އަޝްރަފް އިސްތިއުފާ ދެއްވުމާއި އެކުގައިވެސް ކޮމިޝަނުގެ މެމްބަރުކަމަށް ހުޅުވާލިއެވެ. ނަމަވެސް މިމަހު ފަސްވަނަ ދުވަހު ހުޅުވާލީ ކޮމިޝަނުގެ ހުރިހާ މެންބަރުންގެ މަގާމުތައް ހުސްވުމާ ގުޅިގެންނެވެ.

އޭސީސީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޖެނުއަރީ 31، 2022 ވަނަ ދުވަހު 12:30 ގެ ނިޔަލަށެވެ. މަގާމަށް އެދޭ ފޯމު ހުށަހެޅުން އޮންނާނީ ޖެނުއަރީ 30 އަދި 31 ވަނަ ދުވަހުގެ 9:30 އިން 12:30 އާ ހަމަޔަށެވެ. ފޯމު ހުށަހަޅަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމާއި އެކު އެ ކޮމިޝަނުން ވަނީ ސަރުކާރުން ކޮމިޝަނަށް ނުފޫޒުފޯރުވަން މަސައްކަތްކުރާ ކަމާއި، ކޮމިޝަންގެ މިނިވަންކަމަށް އަރައިގަތުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ތުހުމަތުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.