ކޮވިޑް-19 އިން ރައްކާތެރިވުމަށް ރިސޯޓް މުވައްޒަފަކު ވެކްސިން ޖަހަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ރާއްޖޭގައި އާންމުންނަށް ހުޅުވާލައިގެން ބޫސްޓާ ޑޯޒް ޖަހަން މިއަދު ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުންނަށް ބޫސްޓާ ޑޯޒް ޖަހަލް ހުޅުވާލީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. ބޫސްޓާ ޑޯޒް ޖަހަން ޖެހެނީ އެޗްޕީއޭގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެކްސިން ޖަހާ ފަރާތާއި ބެހޭ މައުލޫމާތު ފުރިހަމަކުރުމަށްފަހު އެޕޮއިންޓްމެންޓަށް އެދޭ ތާރީހާއި ވަގުތު އިހްތިޔާރުކުރުމަށްފަހުއެވެ.

އަދި އެޕޮއިންޓްމެންޓް ހަމަޖެހުމުން މެސެޖެއްގެ ޒަރިއްޔާއިން ވެކްސިން ޖަހާ ފަރާތަށް އެޕޮއިންޓްމެންޓް ހަމަޖެހިފައިވާކަން އެޗްޕީއޭއިން އަންގައެވެ.

ކޮވިޑުގެ ކޭސްތައް އިންތިހާއަށް އިތުރުވެފައިވާ މާލެ ސަރަހައްދުގައި ބޫސްޓާ ޑޯޒް ޖަހައިދެނީ ހަ ސެންޓަރެއްގައެވެ. އޭގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިމެނެއެވެ. އަދި ސެނަހިޔާ، ދަމަނަވެށީގެ އިތުރުން ދަރުބާރުގޭގައިވެސް ވެކްސިން ޖަހައިދެއެވެ.

ވެކްސިން ޖަހަން މިއަދު ހެނދުނު ހުޅުވާލިއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ސެންޓަރުތައް ކައިރީގައި މިއަދު ކިއު ހަދައިފައެވެ. ވެކްސިން ޖަހަންދާއިރު އައިޑީ ކާޑުގެ އިތުރުން ވެކްސިން ކާޑު ގެންދިޔުމަށާއި ގަޔަށް ދޫ އަދި ވެކްސިން ޖަހާތަން (ކޮނޑު) ފަސޭހައިން ދެއްކޭކަހަލަ ހެދުމެއް ލުމަށް އެޗްޕީއޭއިން އެދެއެވެ.

އަދި ރަނގަޅަށް ކައިގެން ދިޔުމަށްވެސް އެޗްޕީއޭއިން އެދެއެވެ. އެޗްޕީއޭއިން ބޫސްޓާ ޑޯޒް ޖަހައިދެނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ދެ ޑޯޒް ފުރިހަމަ ކުރިތާ ހަ މަސް ދުވަސް ވެފައިވާ މީހުންނަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *