ރައީސުލްޖުމްހޫރިއްޔާ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވުން -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑުގެ އޮމިކްރޯން ވޭރިއެންޓާ ދެކޮޅަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ވެކްސިންގެ އިމިއުނިޓި އިތުރުކުރުންކަމަށާއި އަދި ހުރިހާ އެންމެންވެސް ވީއެންމެ އަވަހަކަށް ބޫސްޓާ ޑޯޒް ޖަހަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ރާއްޖޭގައި މިއަދު ވަނީ އާއްމުންނަށް ބޫސްޓާ ޑޯޒް ޖަހަން ފަށާފައެވެ. އެ ޑޯޒް ޖެހޭނީ ކޮވިޑް ވެކްސިނެއްގެ ދެ ޑޯޒް ފުރިހަމަކުރުމަށްފަހު ހަ މަސްވެފައިވާ މީހުންނަށެވެ.

ބޫސްޓާ ޑޯޒް ޖަހަން އިލްތިމާސްކުރައްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ކޮވިޑް-19ގެ އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް އެންމެ ރަނގަޅު ދިފާއަކީ ވެކްސިން އިމިއުނިޓީ އިތުރުކުރުން ކަމަށެވެ. އަދި ދެވަނަ ޑޯޒް ޖެހި ފަހުން ހަ މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާނަމަ ބޫސްޓާ ޑޯޒް ޖަހަން ރައީސް އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގައި އާންމުންނަށް ހުޅުވާލައިގެން ބޫސްޓާ ޑޯޒް ޖަހަން ފަށައިިފި

ބޫސްޓާ ޑޯޒް ޖެހުމަށްޓަކައި އެޗްޕީއޭގެ އެޕޮއިންޓަމަންޓް ޕޯޓަލްއިން އެޕޮއިންޓްމަންޓް ހައްދަން ޖެހެއެވެ.

ކޮވިޑްގެ އާ ވޭރިއެންޓުން ރައްކާތެރިވުމަށް ވެކްސިން ޖެހޭ އާބާދީގެ ހުރިހާ އެންމެންނަށް ބޫސްޓާ ޑޯޒް ޖެހަން ފަށަން އެންމެ ފުރަތަމަ ހަމަޖެހިފައިއޮތީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ނަމަވެސް ބޫސްޓާ ޑޯޒް ޖެހުން ފަސްވީ ރާއްޖެއަށް އެންމެ ފަހުން ގެނައި ފައިޒާ ވެކްސިނާއެކު ލިބެން ޖެހޭ ސިރިންޖް ޝިޕްމަންޓް ލިބުމުގައި ލަސްތަކެއް ކުރިމަތިވުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *