މީހަކު ގަޔަށް ވެކްސިން ޖަހަނީ -- ފޮޓޯ: މިހާރު

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން، ޝަރުތު ހަމަވާ އެންމެނަށް ބޫސްޓާ ޑޯޒް ޖަހަން ހުޅުވާލައި އެޗްޕީއޭއިން އިއުލާންކޮށްފިއެވެ.

އެޗްޕީއޭއިން މިރޭ ބުނީ ބޫސްޓާ ޑޯސް ޖަހަން ހުޅުވާލަނީ ކޮވިޑަށް ރައްކާތެރިކަން ފޯރުކޮށްދޭ ވެކްސިނެއްގެ ދެ ޑޯޒް ފުރިހަމަކުރުމަށްފަހު ހަ މަސް ފުރިހަމަވެފައިވާ މީހުންނަށް ކަމަށެވެ. ބޫސްޓާ ޑޯޒް ޖަހަން އެޗްޕީއޭގެ އެޕޮއިންޓަމަންޓް ޕޯޓަލްއިން އެޕޮއިންޓްމަންޓް ހައްދަން ޖެހޭނެކަމަށްވެސް އެ އެޖެންސީން ބުނެއެވެ.

ވެކްސިން ޖަހަން ދާއިރު ސަމާލުވާންވީ ބައެއް ކަންކަން:

  • އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
  • ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން

ކޮވިޑްގެ އާ ވޭރިއެންޓުން ރައްކާތެރިވުމަށް ވެކްސިން ޖެހޭ އާބާދީގެ ހުރިހާ އެންމެންނަށް ބޫސްޓާ ޑޯޒް ޖަހަން މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ނަމަވެސް ބޫސްޓާ ޑޯޒް ޖެހުން ފަސްވީ ރާއްޖެއަށް އެންމެ ފަހުން ގެނައި ފައިޒާ ވެކްސިނާއެކު ލިބެން ޖެހޭ ސިރިންޖް ޝިޕްމަންޓް ލިބުމުގައި ލަސްތަކެއް އުޅޭތީއެވެ.

ނަމަވެސް މި ހަފްތާ ތެރޭ އެޗްޕީއޭއިން ވަނީ ބޫސްޓާ ޑޯޒް ޖަހަން އިއުލާންކުރާނޭކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *