ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހި މީހުުންގެ އަދަދު 28،000 އިން މައްޗަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 397،033 މީހަކު ވަނީ ޖަހާފައެވެ. އަދި ދެވަނަ ޑޯޒް 368،351 މީހަކު ޖަހާފައި ވާއިރު، ބޫސްޓާ ޑޯޒް ޖަހާފައި ވަނީ 28،085 މީހެކެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ 52 މީހެކެވެ. އަދި 114 މީހަކު ދެވަނަ ޑޯޒް ޖަހާފައި ވާއިރު 323 މީހަކު ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.
COVID-19 : Vaccination Updates
10.01.2022
Number of people who have received the first dose -
GMA: 46
Atolls: 6Number of people who have received the second dose -
GMA: 94
Atolls: 20Number of people who have received the booster dose -
GMA: 177
Atolls: 146 pic.twitter.com/ahauebwC3r— Health Protection Agency (@HPA_MV) January 11, 2022
ބޫސްޓާ ޑޯޒް ޖަހަނީ ކޮވިޝީލްޑް/އެސްޓްރަޒެނެކާ، ސިނޮފާމް އަދި ފައިޒާ ހިމެނޭހެން ކޮވިޑް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހިފަހުން ހަ މަސް ފުރިހަމަވެފައިވާ މީހުންނެވެ. މިވަގުތު ބޫސްޓާ ޑޯޒް ޖަހަން ހުޅުވާލަފައި ވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އަދި ހައި ރިސްކް ބަލި ހުންނަ އެކަންޏެވެ.
ކޮވިޑްގެ އާ ވޭރިއެންޓުން ރައްކާތެރިވުމަށް ވެކްސިން ޖެހޭ އާބާދީގެ ހުރިހާ އެންމެންނަށް ބޫސްޓާ ޑޯޒް ޖަހަން މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް ރާއްޖެއަށް އެންމެ ފަހުން ގެނައި ފައިޒާ ވެކްސިނާއެކު ލިބެން ޖެހޭ ސިރިންޖް ޝިޕްމަންޓް ލިބުމުގައި ލަސްތަކެއް އުޅޭތީ އެކަން އަދި ފެށިފައެއް ނުވެއެވެ.
ސަރުކާރުން މިހާރު ދަނީ މި މަހު މެދުތެރޭގައި އާންމުކޮށް ހުޅުވާލައިގެން މިހާރު ބޫސްޓާ ޑޯޒް ޖަހަން ފަށަން ތައްޔާރުވަމުންނެވެ. އެކަމަށް ބޭނުންވާ ވެކްސިންވެސް މިހާރު ރާއްޖެއަށް ލިބިފައިވާކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.