އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރެއްވުން - ފޮރިން މިނިސްޓްރީ

ރާއްޖެއާ އިންޑިއާ ދެމެދުގައި އޮތް ގުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރިއަރާފައިވާތީ ހިތްހަމަޖެހިވަޑައިގަންނަވާކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މޫނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

ހައި ކޮމިޝަނަރު މަހާވަރު މިހެން ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު ކުރެއްވި އިޚްތިރާމުގެ ޒިޔާރަތެއްގައެވެ. މިއަދު ފޮރިން މިނިސްޓްރީގައި އޮތް އެ އިހްތިރާމުގެ ޒިޔާރަތުގެ ބައްދަލުވުމުގެ ތެރެއިން އެދެބޭފުޅުންވެސް ވަނީ ފާއިތުވި ތިން އަހަރު ތެރޭގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރުގަދަވެފައިވާތީ އެކަމާ ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ދެބޭފުޅުން ވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކަށާއި ދެގައުމު ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމްތަކަށްވެސް އަލިއާޅުއްވައި ވާހަކަދައްކަވާފައެވެ.

އެ ބައްދަލުވުމަކީ ހައި ކޮމިޝަނަރު މަހާވަރު މަގާމާއި ހަވާލުވެވަޑައިގަތްފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރާއިއެކު އޮތް ފުރަތަމަ ބައްދަލުވުމެވެ. އެހެންކަމުން މިނިސްޓަރު ޝާހިދު ވަނީ ބައްދަލުވުމުގެ ތެރެއިން ހައި ކޮމިޝަނަރަށް މަރުހަބާވެސް ދަންނަވާފައެވެ. އޭގެ އިތުރުންވެސް މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ.

އަދި ކޮވިޑް-19ގެ ދަތިކަމުގައި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް މިނިސްޓަރު ޝާހިދު ވަނީ އިންޑިއާގެ ސަފީރަށް ޝުކުރުވެސް އަދާކުރައްވާފައެވެ. ޝާހިދު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އިތުބާރުހިފޭ ގައުމެއް ކަމަށެވެ. ސަފީރު މަހާވަރުވެސް ވަނީ މިނިސްޓަރު ދެއްވި މަރުހަބާއަށް ޝުކުރު ދަންނަވާފައެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ދިވެހި ސަރުކާރާއި ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ސަފީރު އެ ބައްދަލުވުމުގައި ދެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *