އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ބަދަލުކުރުމަށް ނިންމާފައިވާ އިމާރާތުގެ މަސައްކަތް ކުރިޔަށްދާގޮތް އެޑިއުކޭޝަން މިނިސްޓަރު ބައްލަވާލެއްވުން

އަރަބިއްޔާ ސްކޫލު ވަގުތީ ގޮތުން ބަދަލުކުރަން ހަމަޖެހިފައިވާ ކުރީގެ ފޮރިން މިނިސްޓްރީ އިމާރާތުގައި މިހާރު ކުރިޔަށްދާ މަސައްކަތް އަންނަ އާދިއްތަ ދުވަހަށް ނިންމާލެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށާއި، އަދި މިހަރު މަސައްކަތްކުރިޔަށްދަނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްތްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަރަބިއްޔާ ސްކޫލްގެ ވަގުތީ އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތުގެ އެންމެ ފަހުގެ އަޕްޑޭޓް ބައްލަވައިލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ މިއަދު އެ އިމާރާތަށް ޒިޔާރަތްކުރައްވާފައިވާކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހު ސްކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް އެ އިމާރާތުގެ ވަގުތީ މަސައްކަތް ނިންމާލުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މަސައްކަތް ކުރިޔަށްދަނީ، ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށްކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.

އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ކުރީގެ ފޮރިން މިނިސްޓްރީ އިމާރާތަށް ބަދަލުކުރަން ނިންމާފައިވަނީ ޗާންދަނީ މަގުގައި ހުންނަ އަރަބިއްޔާ އިމާރާތުގައި ރެނދުއަޅައި ހަލާކުވުމުން، އެސްކޫލްގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކޮށް އެތަނުގައި އަރަބިއްޔާ ހިންގަން ނިންމުމުން އެކަމާ ސްކޫލްގެ ބެލެނިވެރިން ދެކޮޅު ހެދުމުންނެވެ.

ބެލެނިވެރިންގެ ކަންބޮޑުވުންތަކާއެކު އެސްކޫލް ހިންގޭނެ ވަރަށް ފޮރިން މިނިސްޓްރީގެ ކުރީގެ އިމާރާތުގައި ކްލާސްރޫމް ހަދައިދީ އިމާރާތުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖެއްސުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.

ސަރުކާރުން މިހާރު ވަނީ ބާ ޖަމާލުއްދީން އިމާރާތް ތަޅާލުމަށް ފަހު އެތަނުގައި އަރަބިއްޔާ ސްކޫލް ހިންގުމަށް ދާއިމީކޮށް އާ އިމާރާތެއް އަޅަން ނިންމާފައެވެ. އަރަބިއްޔާ ސްކޫލްގެ މައްސަލަ ފެންމަތިވީ އެތަނުގެ ތަނބުތަކުގައި ރެނދުއަޅައި ދަރިވަރުންނާއި ސްކޫލުގެ މުވައްޒަފުންނަށް ނުރައްކާވާ ހިސާބަށް ގޮސްފައިވަނިކޮށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *