ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައެއް މެމްބަރުން

މިދިޔަ 2021 ވަނަ އަހަރު ފަނޑިޔާރުންގެ 404 މައްސަލައެއް، ސުލޫކީ މައްސަލައިގެ ގޮތުގައި ހުށައަޅާފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.

ޖޭއެސްސީގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2021 ވަނަ އަހަރު ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ގޮތުގައި އެކޮމިޝަނަށް ހުށަހައަޅާފައިވަނީ 404 މައްސަލައެވެ. މީގެ ތެރެއިން "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން" 395 މައްސަލަ ނިންމާފައި ވެއެވެ.

2020 އަހަރު ނިމުނުއިރު، ފަނޑީޔާރުންނާ ގުޅޭގޮތުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން" ގައި ނުނިމި އޮތީ (ޕެންޑިން) 33 މައްސަލައެވެ. އަދި 2022 ވަނަ އަހަރު ފެށުނުއިރު "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން"ގައި ގޮތެއް ނުނިމި އޮތީ 42 މައްސަލައެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން" ގެ 112 ބައްދަލުވުމެއް ބާއްވާފައިވާކަމަށް ޖޭއެސްސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

2020 ވަނަ އަހަރުގެ މައްސަލަތަކުގެ ތެރެއިން، 2021 ވަނަ އަހަރު 26 މައްސަލައެއް ތަޙްޤީޤު ކުރުމަށް ނިންމިއެވެ.

2021 ވަނަ އަހަރު 77 ތަޙްޤީޤު ކޮމިޓީއަކުން 88 މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވެއެވެ. އެއަހަރު ނިމުނުއިރު 33 މައްސަލައިގެ ތަޙްޤީޤު ނިންމާފައިވެއެވެ. ތަޙްޤީޤު ނުނިމި އޮތީ 55 މައްސަލަ އެވެ.

2021 ވަނަ އަހަރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 01 ފަނޑިޔާރެއްގެ މައްސަލަ އެވެ. އެއީ ކްރިމިނަލް ކޯޓިގެ ޤާޟީ އިސްމާއިލް ރަޝީދުގެ މައްސަލައެވެ.

2021 ވަނަ އަހަރު ވަކިކުރުން ފިޔަވައި އެނޫން ސުލޫކީ ފިޔަވަޅުތައް 14 ފަނޑިޔާރަކަށް އަޅާފައިވެއެވެ. މީގެއިތުރުން 2021 ވަނަ އަހަރު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް 18 މައްސަލައެއް ނިންމާފައިވާކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *