ރަސްފަންނުގައި ބޭއްވި ނައިޓް މާކެޓަށްފަހު، އެ ސަރަހައްދުގެ އެކި ހިސާބުތަކުގައި ހުރި ކުނިތައް ސާފުކޮށް މިއަދު ނިންމާލެވޭނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެސަރަހައްދުގައި ގިނަ އަދަދެއްގެ ކުނި ބަހައްޓާ، އެތަން ސާފުނުކުރާކަމަށްބުނެ ގިނަ ބަޔަކު އަންނަނީ ސިޓީ ކައުންސިލަށް ފާޑުކިޔަމުންނެވެ. މާލޭ ސިޓީ ކައުންސިލުން ވަނީ އިއްޔެއިން ފެށިގެން އެސަރަހައްދު ސާފުކުރަން ފަށާފައެވެ. އެމަސައްކަތް ފެށުމާއެކު ބައެއް މީޑިއާތަކުން ވަނީ، އެތަން ސާފުކޮށް ނިންމާފައިވާކަމަށް ރިޕޯޓްކޮށްފައެވެ.

"ޖަޒީރާ" އަށް މައުލޫމާތުދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވީ، ރޭ ވަރަށް ލަސްވަންދެންވެސް ސިޓީ ކައުންސިލްގެ ސްޓާފުން އެ ސަރަހަށްދު ސާފުކުރުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ. ބާކީ ސާފުނުކޮށް ހުރި ތަންތަން މިއަދު ސާފުކޮށް ނިންމަވާލެވޭނެކަމަށް އޭނަ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ، ނައިޓް މާކެޓް ނިންމާލިއިރު، އެރަހައްދުގައި ވަރަށްގިނަ އަދަދެއްގެ ކުނި ބަހައްޓާފައި ހުރިކަމަށާއި، އެހެންނަމަވެސް އެތަން ސާފުކުރުމަށް ނައިޓް މާކެޓް އިންތިޒާމްކުރި މީހުންގެ އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށެވެ.

ނައިޓް މާކެޓްތަކަށް ދީފައިވާ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމަކަށް ބާތިލުކުރީ މިދިޔަ ހުކުރު ދުވަހުއެވެ. ނައިޓް މާކެޓު ހުއްޓުވުމަށްފަހު، ރަސްފަންނު އޮތީ ކުނިން ފުރިފައެވެ.

އެޗްޕީއޭއިން ނައިޓް މާކެޓްތަކަށް ދީފައި އޮތް ހުއްދަ ބާތިލުކުރީ މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވާން ފެށުމާއެކުގައެވެ. ހުއްދަ ބާތިލުކުރުމާއި އެކު ވިޔަފާރިވެރިން ވަނީ އެ ކަމާ ދެކޮޅަށް އިހުތިޖާޖް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *