ޑރ. ނަޒްލާ ރަފީގް

މިހާތަނަށް 8 ދިވެއްސަކު ކޮވިޑް-19ގެ އައު ވޭރިއެންޓް ކަމަށްވާ، އޮމިކްރޯނަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ސްޕޯސްޕަރސަން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިދިޔަ ހަފްތާގައި އެއް ދިވެއްސަކު އޮމިކްރޯނަށް ޕޮޒިޓިވްވެފަައިވާ ކަމަށެވެ. އަދި އިއްޔެ ލިބުނު ނަތީޖާތަކުގެ ތެރެއިން 7 ދިވެއްސަކު މި ވޭރިއެންޓަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އޮމިކްރޯން އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދާ ގައުމުތަކުގައި، އެހެން ވޭރިއެންޓްތަކަށްވުރެ، އޮމިކްރޯންގެ ކޭސްތައް ޑަބަލްވާ ނިސްބަތް އިތުރުކަން ފާހަގަކުރައްވާ ޑރ. ވިދާޅުވީ އެ ކޭސްތައް އިތުރުވަމުންދަނީ އެއް ދުވަހާއި ތިން ދުވާހުގެ ތެރޭގައި ކަމަށެވެ.

މިކަން ފާހަގަކުރައްވާ، ޑރ. ނަޒްލާ ވިދާޅުވީ ޑެލްޓާ ވޭރިއެންޓްގެ ރާޅު އައި، އިރު އަތޮޅު ތެރެއަށް ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައި އޮތުމުން އެ ވޭރިއެންޓްގެ ކޭސްތައް ފެނުނީ މާލެ ސަރަހައްދުން ކަމަށެވެ. އެހެންނަމަވެސް ވެކްސިން ޖަހަން ފެށުމާއި އެކު ދިން ލުއިތަކުގެ ސަބަބުން މުޅި ރާއްޖެއަށް ވެސް އޮމިކްރޯންގެ ރާޅު އަތުވާދެނާ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ވޭވް މުޅި ރާއްޖެއަށް ކަމަށް ނޫނީ މުޅި މާލެ ފިޔަވާ އެހެން ހިސާބުތަކުގައިވެސް ވޭވް އަންނާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ.

ނަޒްލާ ވިދާޅުވީ ޑެލްޓާ ވޭރިއެންޓްގެ ރާޅަށް ވުރެ، އޮމިކްރޯންގެ ރާޅުގައި ކޭސްތައް އެތައް ގިނައެއް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް އޮމިކްރޯންގެ 27 ކޭސް ފެނިފައިވެއެވެ. އޭގެ ތެރެއިން ބާކީ 19 ކޭސް ފެނިފައިވަނީ ޓޫރިސްޓުންގެ ފަރާތުންނެވެ.

މި ވޭރިއެންޓް އާއި އެކު، އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައެވެ. އެޗްޕީއޭ އިން ބުނަނީ ފިޔަވަޅުތައް ވަރުގަދަކުރާއިރު، ކުދިންގެ ކިޔެވުމަށާއި އިގްތިސާދަށް ބުރު އަރާ ފާނެ ފަދަ ފިޔަވަޅެއް ނާޅާ ވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

އިއްޔެ ވެސް ރާއްޖެއިން 454 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން 192 ކޭސް ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅު ތެރެއިން 165 ކޭސް ރިޕޯޓުކުރިއިރު ރިސޯޓުތަކުން 74 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *