މީރާގެ ޓެކްސް ޕެޔަރ ސާރވިސް ސެންޓަރ އިން ހިދުމަތް ދެނީ -- ފޮޓޯ: އަވަސް

މިދޔަ 2021 ވަނަ  އަހަރުގެ ޑިސެމްބަރު މަހު މިރާއިން 2.03 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 95.0 އިންސައްތަ އިތުރު އަދަދެކެވެ. އަދި މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 45 އިންސައްތަ އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުންނެވެ.

އެގޮތުން ނޮވެމްބަރު 2020 އާއި އަޅައިބަލާއިރު، ނޮވެމްބަރު 2021 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ ހަތަރު ގުނަ އިތުރުވެފައެވެ. މީގެއިތުރުން، 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޑިސެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އާޅާބަލާއިރު ޑިސެންބަރު 2021 ގައި ލިބިފައިވާ އާމްދަނީީ އިތުރުވުމުގެ ސަބަބެކެވެ. އެ ފީ ޑިސެންބަރު 2020 ގައި ލިބިފައި ނުވާ ކަމަށްވެސް މީރާއިން ބުނެއެވެ.

ޑިސެމްބަރު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 47 އިންސައްތަ ނުވަތަ 952.77 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 24 އިންސައްތަ ނުވަތަ 485.44 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 153.60 މިލިއަން ރުފިޔާ، ގްރީން ޓްކެސްގެ ގޮތުގައި 94.41 މިލިއަން ރުފިޔާ އަދި އެހެނިހެން ޓުކުހާއި ފީގެ ގޮތުގައި 243.65 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 105.48 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *