އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެމްބަރު ސޫދާ އަބްދުﷲ ދީދީ އެ ޕާޓީގެ ކައުންސިލް މެމްބަރު ކަމުން ސަސްޕެންޑް ކޮށްފިއެވެ.

"ޖަޒީރާ" އަށް އެނގިފައިވާގޮތުގައި ސޫދާ ސަސްޕެންޑް ކުރީ ދެ މަހުގެ މުއްދަތަކަށެވެ. އޭނާ ސަސްޕެންޑް ކުރީ ޕާޓީ ތެރޭގައި ހިނގި ކޯޅުންތަކަކާއި ޒުވާބުތަކެއްގެ ސަބަބުންކަން ވެސް އެނގިފައިވެއެވެ. އަދި ސަސްޕެންޑް ކުރުމުން އޭނާ އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ވެސް ވަރަށް ބޭ އަދަބީކޮށް މުޚާތަބުކޮށްފައިވާ ކަމަށް ވެސް ވެއެވެ.

ސޫދާ އަކީ މިދިޔަ ރިޔާސީ އިންތިހާބު އިދިކޮޅަށް ނާކާމިޔާބުވުމުން ބޭއްވި އެއްވުންތަކުގެ ތެރެއިން އާންމުވި ވީޑިއޯއެއްގައި "އީސީ ޝަރީފޫ" އަށް ގޮވާ މީހާއެވެ.

0
1
1
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.