މާރިޗު 1، 2021 - މާލޭގެ މަޖީދީ މަގު، ސޯސަންމަގު ސަރަހައްދުގައި ކޮވިޑް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 400 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު 454 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އޭގެ ތެރެއިން 192 ކޭސް ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅު ތެރެއިން 165 ކޭސް ރިޕޯޓުކުރިއިރު ރިސޯޓުތަކުން 74 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

މިއަދުގެ ޕޮޒިޓިވް ކޭސްތަކަކީ 4،197 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި ކޭސްތަކެކެވެ.  ރާއްޖޭގެ ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 98،506 އަށް އަރައިފައެވެ. ބަލީގައި ރާއްޖެއިން މިހާތަނަށް 264 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

މިހާރު ވެސް ރާއްޖޭގައި 3825 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުންދާއިރުގައި 21 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދެއެވެ.

ރާއްޖެއިން ކޮވިޑްގެ އައު ވޭރިއެންޓް ފެނިފައިވާއިރު، އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *