އަލިފާން ރޯވީ ކޮކްސް ބާޒާރުގައި ހުންނަ ކޭމްޕް 16 ގައި

ބަންގްލަދޭޝްގެ ދެކުނުއިރުމަތީ ސަރަހައްދުގައި ހުންނަ ރޮހިންޖާ ރެފިއުޖީ ކޭމްޕެއްގައި އަލިފާން ރޯވެ، އެތައް ސަތޭކަ ބައެއްގެ ގެދޮރު ހަލާކުވެއްޖެއެވެ.

މިލިއަނެއްހާ ރޮހިންޖާ ރެފިއުޖީން ދިރިއުޅެމުންދާ ބޯޑަރު ޑިސްޓްރިކްޓެއް ކަމަށްވާ ކޮކްސް ބާޒާރުގައި ހުންނަ ކޭމްޕް 16 ގައި އަލިފާން ރޯވީ އާދީއްތަ ދުވަހުއެވެ.

މި ހާދިސާއާއި ގުޅިގެން ބަންގްލަދޭޝް ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ މުހަންމަދު ޝަމްސޫދު ޑޫޒާ އާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް، އަލިފާން ރޯވާން ދިމާވި ސަބަބު އަދި ސާފު ނުވާ ކަމަށެވެ.

ކޮކްސް ބާޒާރުގައި 8 ލައްކައާއި 9 ލައްކަ ރެފިއުޖީން ދިރިއުޅޭ ކަމަށް އަންދާޒާކުރެވެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ މިޔަންމާގައި ހިންގަމުންދާ އަމަލުތަކުން ފިލައިގެން އައި މީހުންނެވެ.

2016 ވަނަ އަހަރާއި 2017 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ ދަރިކޮޅުގެ މީހުން މެރުމަށް ކެމްޕެއިނެއް ފެށިއެވެ. މިޔަންމާގެ ބައެއް ސްޓޭޓްތަކުގައި "އިންސާނިއްޔަތާ ޚިލާފް ބޮޑެތި ޖަރީމާތައް" ހުއްޓުމެއްނެތި ކުރިއަށް ގެންދާ ކަމަށް އދ. އިން ވަނީ 2019 ވަނަ އަހަރު ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *