Myanmar's State Counsellor Aung San Suu Kyi
އަންގް ސަން ސޫކީ

މިޔަންމާގެ ކުރީގެ ސްޓޭޓް ކައުންސިލަރ، އަދި ޑިޕްލޮމެޓް އަންގް ސަން ސޫކީ އިތުރު ހަތަރު އަހަރަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އެކަމަނާގެ މައްޗަށް ސާބިތުވީ ގާނޫނާއި ޚިލާފަށް ގެންގުޅުމާއި އެތެރެކުރުމުގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގަވާއިދުތަކާއި ހިލާފުވުމުގެ ކުށެވެ.

ސޫކީގެ މައްޗަށް އެންމެ ފުރަތަމަ ކުށްސާބިތުވެ، ދެ އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ ގައުމުގައި ހިންގި އަސްކަރީ ބަޣާވާތުގެ ފަހުން އެކަމަނާ ހުންނެވީ ބަންދުގައެވެ. އަދި މިކަމާ ގުޅޭ ގިނަ ދައުވާތަކެއް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަސްކަރީ ބަޣާވާތަކަށް ފަހު އެކަމަނާ ބަންދުކޮށްފައި ހުރި އިރު، އެކަމަނާގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއް އުފުލާފަ އެވެ. މި ބަޢާވާތާއި ގުޅިގެން ސޫކީގެ މައްޗަށް އެންމެ ފުރަތަމަ ދައުވާ ކުރީ ބަޣާވާތް ކުރި ދުވަހު އަސްކަރިއްޔާއިން އެކަމަނާގެ ގެކޮޅު ބަލާ ފާސްކުރި ހިސާބުންނެވެ. އަދި ބަލާފާސްކުރުމުގައި ފެނުނު އާލާތްތަކަކީ ސެކިއުރިޓީން ބޭނުންކުރި ޑިވައިސްތަކެއް ކަމަށް ތުހުމަތު ކުރެއެވެ.

މިޔަންމާގައި އަސްކަރިއްޔާއިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތެރޭގައި ވެރިކަން އަތުލީ، ސޫކީގެ ޕާޓީން 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އާންމު އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރިތާ މަސްތަކެއް ފަހުންނެވެ. އަސްކަރިއްޔާއިން ތުހުމަތު ކުރާ ގޮތުގައި މި ކާމިޔާބީގެ ފަހަތުގައި ވޯޓު އޮޅުވާލުން ކަމަށެވެ. ނަމަވެސް، އެ އިންތިހާބުތަކުގެ މިނިވަން އޮބްޒަރވަރުން ބުނީ އެއީ ވަރަށް މިނިވަން ،އިންސާފުވެރިކަމާއި އެކު ކުރިއަށް ދިޔަ އިންތިހާބުތަކެއް ކަމަށެވެ.

މި ބަޣާވާތާއި ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާކުރިއެވެ. އަދި މުޒާހަރާގެ ބައިވެރިންނާއި އަސްކަރިއްޔާއާއި ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *