ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣްނީ
ސްޓެލްކޯގެ މުވައްޒަފުންނަކީ މަސައްކަތްތެރި، އަހުލާގު ރަނގަޅު ބަޔަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
މުޣުނީ މިހެން ވިދާޅުވީ ސްޓެލްކޯގެ މިޑްލް މެނޭޖްމަންޓަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ މެނޭޖީރިއަލް ޓްރެއިނިންގ ނިންމި ބައިވެރިންނަށް ސެޓިފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދިޔައީ މައިގަނޑު ތިން ބަޔަކަށް ފޯކަސް ކޮށްގެންނެވެ. އެއީ ލީޑަރޝިޕް ސްކިލްސްއާއި، ޕީޕަލްސް ސްކިލްސް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސް އެވެ.
މިއީ އެ ކުންފުނީގެ ތާރީހުގައިވެސް ސްޓެލްކޯގެ އިސް މަގާމުތަކާއި ހަވާލުވާން ތިބި ފަރާތްތަކަށް ދެވުނު ފުރަތަމަ ޓްރެއިނިންގ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މުޣްނީގެ ވާހަކަފުޅުގައި އޭނާ ވަނީ މި ޓްރެއިނިންގ އާއެކު، ކުންފުނި ކުރިޔަށްދާ ސްޕީޑާއި އެއްވަރަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހިންގުންވެސް އިތުރަށް ހަރުދަނާވެ، ވަރުގަދަވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި  މާހައުލާއި، މުޖުތަމައުއަށް އަންނަ ބަދަލާއެކު، އާންމުންގެ އުމްމީދުތަކާއި އެއްވަރަށް ހިދުމަތްދެވޭނެ ވަރުގަދަ ލީޑާރޝިޕެއް ތައްޔާރުކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއީ މިކުންފުނީގެ ލީޑަރޝިޕް ސަކްސެޝަން ޕްލޭންގެ ދަށުން ނެކްސްޓް ޖެނެރޭޝަން އޮފް ލީޑަރސް ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމެއް. ކުރިއަށް އޮތްތަނުގައި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތްކުރަންތިބި ފަރާތްތަކަށް މިފަދަ އިތުރު ޓްރެއިނިންގ ތަކެއްދެވި، ކުންފުނީގެ ވިޝަންއާއި، މިޝަންއާއި އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮށް، ރައްޔިތުންނަށް މިހާރަށްވުރެވެސް ރަނގަޅު ހިދުމަތްތަކެއް ދެވިގެންދާނެ ކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް
ތިން ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޓްރެއިނިންއަކީ މުޣްނީގެ އިސްނެންގުވުމުގެ ދަށުން ހިންގި ޓްރެއިނިން އެކެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *