ފައިލް ފޮޓޯ | މަގެއް ބަންދުކޮށް، ފުލުހުން ހަރަކާތްތެރިވަނީ

ހިއުމަން ޓްރެފިކިން މައްސަލައެއްގައި ފުލުހަކު ހިމެނޭހެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ބުނެފިއެވެ.

ފުލުހުން ބުނީ އެމީހާ އަކީ މި މަހުގެ ފަސް ވަނަ ދުވަހު ހައްޔަރު ކުރި މީހެއް ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އޭނާ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެމީހާގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އޭނާއާ އެކު އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. ޖުމްލަ ހަތަރު މީހުން ހައްޔަރުކުރި އިރު އެ އެންމެންނަކީވެސް 28 އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ކަމަށް ފުލުހުން ބުނެއެވެ. އެތަނުން އެކަކީ ބިދޭސީއެއްކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް 15 ދުވަސް އަދި ބާކީ ދެމީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *