ސްކޫލް ދަރިވަރެއް ބެލެނިވެރިޔަކާ އެކު. ފޮޓޯ: މިހާރު

މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާތީވެ މިވަގުތު އަމިއްލަ ރަށުން ބޭރުގައި ޗުއްޓީ ހޭދަކުރަމުންދަ ޓީޗަރުންނާއި ދަރިވަރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ދަތުރުކުރުމުގެ މިންގަނޑުތައް ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް ދިރިއުޅޭ ރަށަށް ދަތުރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުގައި ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް އިތުރުވެފައިވާތީވެ އެޗްޕީއޭއިން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް ދަތުރުކުރާއިރު 72 ގަޑިއިރުގެ ނެގެޓިވް ޕީސީއާރު ޓެސްޓެއް މާލެއިން ބޭރަށް ދަތުރުކުރާއިރު ހުށަހަޅަން ލާޒިމުކޮށްފައިވާކަމަށެވެ.

އެހެންކަމުން މިވަގުތު ޗުއްޓީގައި ވަޒީފާއަދާކުރާ ނުވަތަ ސްކޫލަށްދާ ރަށް ނޫން އެހެން ރަށެއްގައި ތިބި ދަރިވަރުންނާއި ޓީޗަރުންވެސް ވީ އެންމެ އަވަހަކަށް އެޗްޕީއޭގެ އިޖުރާއަތްތަކާ އެއްގޮތަށް އަމަލުކޮށް، އަނބުރާ ރަށަށް ދަތުރުކުރުމަށް އެ މިނިސްޓްރީން އެދޭކަމަށެވެ. އަދި މިނިސްޓްރީން ދެވަނަ ޓާމުގެ ކިޔެވުން ފަށާއިރު، ސްކޫލުތަކުގައި އަޅަން ނިންމާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބަޔާންކޮށްދީ އިއްޔެ ނެރުނު ސާކިއުލާއެއްގައިވާ އެންމެހާ ކަންކަމަށްވެސް އަމަލުކުރުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ދެވަނަ ޓާމަށް ކިޔެވުން ފަށާއިރު ހާއްސަ ފިޔަވަޅުތަކެއް އަޅަން އަންގައިފި

މިނިސްޓްރީން ވަނީ މިއަދާއި މާދަމާ މާލެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް އެޗްޕީއޭއިން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވާކަންވެސް ފާހަގަކޮށްފައެވެ. އެގޮތުން ޓެސްޓު ކުރުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން ރަށަށް ގޮސް ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި މަޑުކުރެވިދާނެފަދަ ގޮތަކަށް އެޗްޕީއޭއިން އިންތިޒާމުތައް ހަމަޖައްސާފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ކުރިޔަށް އޮތް ދެ ދުވަހު ދަތުރުކުރާ މީހުންނަށް އެޗްޕީއޭއިން ހާއްސަ އިންތިޒާމުތަކެއް

މިނިސްޓްރީން އިތުރަށް ބުނީ ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް ހުރިހާ ދަރިވަރުންނާއި ޓީޗަރުންވެސް ސްކޫލަށް ހާޒިރުވުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އަދި ސްކޫލުތަކުގެ ކިޔެވުން މެދުނުކެނޑި ކުރިޔަށް ގެންދިޔުމަކީ އެ މިނިސްޓްރީން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްކަން އެ އެމިނިސްޓްރީން ފާހަގަކުރެއެވެ.

ސްކޫލުތަކުގެ ފުރަތަމަ ޓާމުގެ ކިޔެވުން ރަސްމީކޮށް ނިންމާލީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ދެވަނަ ޓާމުގެ ކިޔެވުން ފަށަން ތާވަލުކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހަށެވެ. ނަމަވެސް މިއީ ޗުއްޓީ ދުވަސްވަރުކަމުން ގިނަ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންވެސް ވަނި ދިރިއުޅޭ ރަށް ނޫން އެހެން ރަށްރަށަށް ޗުއްޓީ ހޭދަކުރަން ދަތުރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *