ކޮވިޑާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާއެކުގައި ކުރިޔަށް އޮތް ދެ ދުވަހު މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ކޮވިޑް ޓެސްޓު ހެދުމަށްފަހު ނަތީޖާ ލިބުމުން ކަރަންޓީނުން ދޫކުރެވޭނެ ފަދަ އިންތިޒާމުތަކެއް އެ އެޖެންސީން ހަމަޖައްސައިފިއެވެ.
އެޗްޕީއޭއިން މިއަދު ވަނީ މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވާން ފަށާފައިވާތީ މާލެއިން ދަތުރުކުރުމުގައި ފިޔަވަޅުތަކެއް ތައާރަފްކޮށްފައެވެ. އެގޮތުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާނަމަ މާލެއިން ރަށަށް ދަތުރުކުރާއިރު 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓެއް މާދަމާއިން ފެށިގެން ހުށަހަޅަން ޖެހޭނެއެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާނަމަ، 14 ދުވަހުގެ ކަރަންޓީނެއް ވާންޖެހޭނެއެވެ. އެ ފިޔަވަޅުތަކުން ކުޑަކުދިން އިސްތިސްނާވެއެވެ.
ކޮވިޑުގެ ހާލަތު ގޯސްވެފައިވާ މާލެ ސަރަހައްދަށް އާ ފިޔަވަޅުތަކެއް!
އެ އެޖެންސީން މިރޭ ބުނީ ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭ މާލެއިން ރާއްޖޭގެ އެހެން ރަށަކަށް ދާ ފަރާތްތަކަށް އިތުރު އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން މާލެއިން ކޮވިޑަށް ސާމްޕަލް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުވެވިދާނެކަމަށާއި ނުވަތަ ރަށަށް ދަތުރުކޮށް ރަށުން ޓެސްޓުކުރުމަށްފަހު ނަތީޖާ ލިބެންދެން ކަރަންޓީނުވެވިދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކުރިޔަށް އޮތް 2 ދުވަސް ތެރޭގައި މާލެއިން ރަށްރަށަށް ދަތުރު ކުރަން ޖެހޭ ފަރާތްތަކަށް ތިރީގައިވާ ގޮތްތައް ޚިޔާރު ކުރެވޭނެ:
1. މާލެއިން ސާމްޕަލްއެއް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީންގައި ހުރުން (1/2)
— Health Protection Agency (@HPA_MV) January 9, 2022
އެގޮތަށް އިންތިޒާމުތައް ހަމަޖެއްސީ ހަމައެކަނި ކުރިޔަށް އޮތް ދެ ދުވަހު މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށެވެ. އެޗްޕީއޭއިން މިއަދު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ގިނަ ބަޔަކު ވަނީ ސާމްޕަލް ސެންޓަރުތައް ކައިރީގައި ޓެސްޓުކުރުމަށް ކިއު ހަދާފައެވެ.
HPA announced new measures against COVID-19 requiring PCR tests when traveling out of the capital. People are seen queuing up just hours later at sample testing centers in the capital due to the new measures. pic.twitter.com/XJYENp9wjY
— Jazeera News (@JazeeraBrk) January 9, 2022
ބެލެވޭ ގޮތުގައި އެ އެޖެންސީން ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނީ ކިއު ދިގުވުމުގެ ސަބަބުންނާއި، މި ދުވަސްވަރަކީ ޗުއްޓީ ދުވަސްތަކަށްވުމުން ގިނަ ބަޔަކު ދަތުރުކުރުމަށް ދުރާލާ ތައްޔާރީތަކެއް ވެފައިވާތީ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ. އެޗްޕީއޭއިން މާލޭގައި ފިޔަވަޅުތައް ވަރުގަދަކުރިއިރު، މިފަހަކަށް އައިސް މާލެ ސަރަހައްދުން ޕޮޒިޓިވްވާ މިންވަރު މިވަނީ އަނެއްކާވެސް އިތުރުވާން ފަށައިފައެވެ.