ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަގަހައެއް ހުޅުވައިފިއެވެ.
އެމްޑީޕީގެ ކޮމަންޑޫ ދާއިރާގެ ރައީސް "ޖަޒީރާ"އަށް ވާހަކަދައްކަވަމުން ވިދާޅުވީ، މި ޖަގަހައަކީ ހުޅުމާލޭގައި ދިރިއުޅޭ އެދާއިރާގެ ރައްޔިތުންނަށް އިންތިހާބާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށާއި، ހުޅުމާލޭގައި ޑޯ ޓު ޑޯ ހަރަކާތްތައް ޖެއްސުމަށް ހުޅުވި ޖަގައެއް ކަމަށެވެ.
މިއީ ކޮމަންޑޫ ދާއިރާގެ މި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެއް ހުޅުމާލޭގައި ހުޅުވި ފުރަތަމަ ޖަގަހައެވެ.
Rayyithunge Majlis #KomandooDhaairaa by-election MDP Candidate @Rashid141221 ge Hulhumale’ ge Campaign harakaaiythah hulhumale’ jahagaa gai feshigen kuriah dhanee#VoteRashid#Agenda19 pic.twitter.com/MQAzj3vGjy
— MDP Secretariat (@MDPSecretariat) January 9, 2022
އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރާޝިދަކީ ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ފޯކައިދޫގެ ކައުންސިލް ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައި ހުންނެވި ބޭފުޅެކެވެ. ރާޝިދުގެ ކެމްޕޭން މިދިޔަ ހުކުރު ދުވަހު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ކޮމަންޑޫގައި އެކަމަށް އޮތް ހާއްސަ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރާޝިދަކީ މިވަގުތު ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. އަދި އޭނާއަކީ ރައީސް ސޯލިހު ނިސްބަތްވާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ދުވަސްވީ މެމްބަރެއްވެސްމެއެވެ. ރާޝިދަށް އެ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓް ލިބުނީ އޭނާއާއެކު އެޕާޓީގެ ޕްރައިމަރީގައި ވާދަކުރަން އިތުރު މީހަކު ކުރިމަތިނުލުމުންނެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހުގެ ފަސްވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމް އަދި މިފަހުން އުފެއްދި އެމްއެންޕީންވެސް އެ ދާއިރާއަސް ވާދަކުރެއެވެ.