ގދ. ތިނަދޫގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރުން

ގދ. ތިނަދޫގެ ބިން ހިއްކުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ތިނަދޫގައި 219،595 އަކަމީޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 1336 މީޓަރުގެ ރިވެޓްމަންޓާއި، 284 މީޓަރުގެ އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި މިޝްރޫއުގެ ދަށުން ކޮންކްރީޓް ބްރިޖެއް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

125.2 މިލިއަން ރުފިޔާއަށް މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 660 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ތޮލްހަތެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *