މާރުކޭޓް ސަރަހައްދު ފިހާރައެއްގައި ބަޔަކު ވިޔަފާރިކުރަނީ -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ރާއްޖެއިން މިއަދުވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 300 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 337 މީހުންކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 101 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން ނެގި 5،361 ސާމްޕަލްގެ ތެރެއިން މާލެ ސަރަހައްދުން 1،742 ސާމްޕަލް ނެގިއިރު، މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓު ހުރީ 6 ޕަސަންޓުގައެވެ.

އެހެން ރަށްރަށުން ޕޮޒިޓިވްވީ 129 މީހުންނެވެ. ރިސޯޓުތަކުން 99 ކޭސް ފެނުނުއިރު ލިވަބޯޑުތަކުން ދެ ކޭސް ވަނީ ފެނިފައެވެ.

މި އަދަދުތަކާއެކު ރާއްޖޭގެ މިވަގުތު އެކްޓިވް ކޭސްތައް މިވަނީ 3،300 އަށް އަރައިފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ބައްޔަށް ފަރުވާދެމުން ދަނީ 15 މީހަކަށެވެ. ރާއްޖޭގެ ޖުމްލަ ކޭސްތަކުގެ އަދަދުވެސް މިވަނީ 97،668 އަށް އަރައިފައެވެ. ބަލީގައި ރާއްޖެއިން މިހާތަނަށް 264 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *