ފޮރިން މިނިސްޓަރު ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ މިއަދު ހަވީރުއެވެ.

ފޮރިން މިނިސްޓަރު ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާގެ ފޮރިން މިނިސްޓަރު މިއަދު ރާއްޖެ ވަޑައިގެންފައިވީ ނަމަވެސް އޭނާއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާއެވެ. ވާންގްގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދޭތެރޭގައި ރަސްމީ މަޝްވަރާ ބައްދަލުކުރެއްވުންތައް ބާއްވާނެއެވެ. އަދި އެމްއޯޔޫއެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅަކީ މިދިޔަ ނޮވެމްބަރު މަސް ތެރޭ މިނިސްޓަރު ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށް ވާންގް ކުރައްވާ ދަތުރުފުޅެކެވެ. އަދި ރާއްޖެއާ ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމާ ދިމާކޮށް ކުރައްވާ ދަތުރުފުޅެއްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *