މުހައްމަދު ރާޝިދު ރައީސް ސޯލިހާއެކު. ފޮޓޯ: ސޯޝަލް މީޑިއާ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ  ކެމްޕޭން ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ކޮމަންޑުއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އެރަށައް ވަޑައިގަންނަވާނީ މިއަދު ހަވީރު 04:30 ގައެވެ. އެއަށްފަހު އެރަށުގައި މިރޭ 08:30 ގައި އޮންނަ ޖަލްސާގައި ރާޝިދުގެ ކެމްޕޭން ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނެއެވެ.  ރާޝިދުގެ ކެމްޕޭނަށް ރައީސް ސޯލިހު ވަޑައިގަންނަވާނީ ޕާޓީގެ އިސް ލީޑަރުގެ ހައިިސިއްޔަތުންނެވެ. މި ދަތުރުފުޅަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ކޮމަންޑޫގައި މިރޭ ބާއްވާ ޖަލްސާއަށް ތައްޔާރުވުން

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހަށެވެ. އެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރާޝިދަކީ ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ފޯކައިދޫގެ ކައުންސިލް ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައި ހުންނެވި ބޭފުޅެކެވެ.

އޭނާ އަކީ މިވަގުތު ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. ރާޝިދަކީ ރައީސް ސޯލިހު ނިސްބަތްވާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ދުވަސްވީ މެމްބަރެއްވެސްމެއެވެ. ރާޝިދަށް އެ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓް ލިބުނީ އޭނާއާއެކު އެޕާޓީގެ ޕްރައިމަރީގައި ވާދަކުރަން އިތުރު މީހަކު ކުރިމަތިނުލުމުންނެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެދާއިރާއަށް އެމްޑީޕީގެ ފަރާތުން އިންތިހާބުވި ހުސެއިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *