ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް، ރާއްޖޭގެ ފޮރިން މިިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދު މިއަދު ރާއްޖެ ވަޑައިގަތުމާއެކު ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ވީއައިޕީ ޓަރމިނަލްވެސް ވަނީ ބޭނުންކުރަން ފަށާފައެވެ. ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، (ބީޔޫސީޖީ)އިން އިމާރާތްކޮށްފައިވާ އައު އާވީއައިޕީ ޓާމިނަލް ބޭނުން ކުރައްވާނެ ފުރަތަމަ ބޭރުގެ ޑިޕްލޮމެޓަކަށް ވާނީ ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ވާންގްއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާނީ މިއަދު ހަވީރުކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާއެވެ.  ވާންގް ގެ މި ދަތުރުފުޅުގައި ދެގައުމުގެ ދޭތެރޭގައި ރަސްމީ މަޝްވަރާ ބައްދަލުކުރެއްވުންތައް ބާއްވާނެއެވެ. އަދި އެމްއޯޔޫއެއްގައި ސޮއިކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިދަތުރުފުޅަކީ މިދިޔަ ނޮވެމްބަރު މަސް ތެރޭ މިނިސްޓަރު ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށް ވާންގް ކުރައްވާ ދަތުރުފުޅެކެވެ. އަދި  ރާއްޖެއާ ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ  50 އަހަރު ފުރުމާ ދިމާކޮށް ކުރައްވާ ދަތުރުފުޅެއްކަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *