އިންޑިއާގެ ފޮރިން މިނިސްޓަރ އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ

ރާއްޖޭގައި އަލަށް ފަށާ 8 ހައި އިމްޕެކްޓް ގްރާންޓް ޕްރޮޖެކްޓްގެ މޮބިލައިޒޭޝަން މަސައްކަތް ފެށުމަށް އެޑްވާންސް ފައިސާ ދިވެހި ސަރުކާރަށް ދޫކޮށްފިއެވެ.

މި 8 ޕްރޮޖެކްޓްފަށަން އެޑްވާންސް ފައިސާގެ ގޮތުގައި ދޫކޮށްފައިވަނީ 5.49 މިލިއަން ރުފިޔާއެވެ. މި މަޝްރޫއުތައް ތަންފީޒުކުރުމަށް ބޭނުންވާ އެމްއޯޔޫތައް ނިންމާލާފައިވަނީ 21 އޮކްޓޯބަރ 2021 ގައެވެ. ކައުންސިލްތަކުން މި މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖުލައި މަހު ލިބުނު 70 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ.

ޖުމްލަ 36.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި 8 މަޝްރޫޢަކީ ރާއްޖޭގެ 7 އަތޮޅެއްގައި ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ. އެއީ ތ،ލ،ހއ،ނ،ކ،އދ އަދި ގދއެވެ.

އޭގެ ތެރޭގައި ތ.ތިމަރަފުއްޓާއި ތ.ވޭމަންޑޫގައި މަގުބައްތި ހަރުކުރުމާއި، ލ.މާބައިދޫގައި އައިސް ޕްލާންޓެއް ޤާއިމުކުރުން، އދ. ދަނގެތީ އާ ކަލްޗަރަލް ސެންޓަރެއް އިމާރާތްކުރުން، ނ.މިލަދޫ ކައުންސިލް އިމާރާތް ބިނާކުރުން، ގދ.ތިނަދޫ އަބޫބަކުރު ސްކޫލް، ލ.ގަން އިހައްދޫ ސްކޫލް އަދި ހއ. ދިއްދޫ އަތޮޅު ތަޢުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް އެޅުން ، އެމް.އެން.ޑީ.އެފް އަށް ބޭނުންވާ ސީ އެމްބިއުލެންސް ހޯދުމާއި، މާލޭގެ އޮލިމްޕަސް ތިއޭޓަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

2019 ވަނަ އަހަރުގެ މާރިޗު މަހު ދޫކުރި 85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައި އިމްޕެކްޓް 12 މަޝްރޫޢެއް  ރަށު ކައުންސިލްތަކުން ދަނީ ހިންގަމުންނެވެ. އިންޑިއާއިން 106 މިލިއަން ރުފިޔާގެ ކޭޝް ގްރާންޓް ދޫކޮށްފައި ވާއިރު ،ތަރައްޤީގެ  18 މަޝްރޫއެއް ތަންފީޒު ކޮށްފައިވެއެވެ. މި 30 ގްރާންޓް ޕްރޮޖެކްޓްގެ ތެރެއިން 16 މަޝްރޫޢެއްގެ މަސައްކަތް ވަނީ ނިމިފައެވެ.

ހައި އިމްޕެކްޓް ގްރާންޓް މަޝްރޫއުތަކަކީ އިންޑިއާ-ރާއްޖެ ތަރައްގީގެ ޕާޓްނަރޝިޕްގެ މުހިންމު އެއް ތަނބުކަމަށް އިންޑިއާ އެމްބަސީން ވަނީ ބުނެފައެވެ. މި މަޝްރޫޢުތައް ފަރުމާކުރެވިފައިވަނީ ރަށްރަށުގެ ބޭނުންތަކަށް ފެތޭގޮތަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *