ޑޭޕިއުޓީ މޭޔަރު ނަރީޝް

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ކުރިޔަށްގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ހައްޔަރުކުރި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

ނަރީޝް ދޫކޮށްލިކަން މާލެ ސިޓީ ކައުންސިލުންވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. އޭގެ ކުރިން އެ ކައުންސިލުން ވަނީ ފުލުހުން ނަރީޝް ހައްޔަރުކުރީ ގާނޫނާ ހިލާފަށްކަމަށް ބުނެ ދޫކޮށްލުމަށް ގޮވާލާފައެވެ.

މިއަދު އޮތް "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ނަރީޝް ހިމެނޭހެން ހަތް މީހަކު ފުލުހުން ހައްޔަރުކުރިއެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާއި ދެކޮޅަށް އިދިކޮޅުން ހިންގާ އެ ހަރަކާތުގެ ތެރެއިން އެމީހުން ހައްޔަރުކުރީ ކޮންކަމަކާއި ގުޅިގެންކަމެއް ސާފެއް ނުވެއެވެ.

ނަރީޝްގެ އިތުރުން ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާންވެސް ފުލުހުން ވަނީ މިއަދު ހަމަ އެހަރަކާތުގެ ތެރެއިން ހައްޔަރުކޮށްފައެވެ. ނަމަވެސް އައިފާން އަދި ދެން ހައްޔަރުކުރި މީހުން ދޫކޮށްލިކަމެއް އަދި ކަށަވަރެއް ނުވެއެވެ.

އިދިކޮޅުގެ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން އިއްޔެވެސް 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެމީހުން ގެންދިޔައީ ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމަށް ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *