ރާއްޖެއިން މިއަދު ކޮވިޑަސް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 300 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 304 މީހުންކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 136 މީހުންނެވެ.

އެހެން ރަށްރަށުން ޕޮޒިޓިވްވީ 78 މީހުންނެވެ. ރިސޯޓުތަކުން 83 ކޭސް ފެނުނުއިރު ލިވަބޯޑަކުން އެއް ކޭސް ވަނީ ފެނިފައެވެ. އެޗްޕީއޭއިން ބުނީ މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން ހަ ކޭސް ފެނުނު ތަނެއް އަދި ކަށަވަރުކުރެވިފައިނުވާކަމަށެވެ.

މިއަދުގެ ޕޮޒިޓިވް ކޭސްތަކަކީ 4،395 ސާމްޕަލްގެ ތެރެއިން ޕޮޮޒިޓިވްވި ކޭސްތަކެކެވެ.  އޭގެ ތެރެއިން މާލެ ސަރަހައްދުން ފެނުނު 136 ކޭސް ފެނުނީ 1،814 ސާމްޕަލްއިންނެވެ. މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓު ހުރީ ހަތް ޕަސަންޓުގައެވެ.

އެއައެކު ރާއްޖޭގެ މިވަގުތު އެކްޓިވް ކޭސްތައް މިވަނީ 2،908 އަށް އަރައިފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ބައްޔަށް ފަރުވާދެމުން ދަނީ 13 މީހަކަށެވެ. ރާއްޖޭގެ ޖުމްލަ ކޭސްތަކުގެ އަދަދުވެސް މިވަނީ 97،050 އަށް އަރައިފައެވެ. ބަލީގައި ރާއްޖެއިން މިހާތަނަށް 264 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *