ހުޅުމާލެ. ފޮޓޯ: ޝައްމާން ޝާކިރު/ބީބީސީ

މާލެ ސަރަހައްދުގައި އިތުރުވަމުންދާ ކޮވިޑް-19ގެ ކޭސްތަކާހެދި ހުޅުމާލޭގައި އާންމު އެއްވުންތަކާއި ހަފްލާތައް ބާއްވަން ހުއްދަ ދިނުން ހުޅުމާލެ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މެދުކަނޑާލައިފިއެވެ.

އެޗްޑީސީން އެކަމަށްޓަކައި ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރަކަށް އައިސް މާލެ ސަރަހައްދުގައި އިތުރުވަމުންދާތީ، ބަލި ފެތުރުން ކޮންޓްރޯލްކުރަން ހުޅުމާލޭގައި ގިނަ މީހުން އެއްވާ ހަފްލާތަކާއި ހަރަކާތްތައް ބޭއްވުން މެދުކަނޑާލުމަށް އެޗްޕީއޭއިން އެކުންފުންޏަށް އަންގާފައިވާކަމަށެވެ.

އެހެންކަމުން ހަފްލާތަކާއި ހަރަކާތްތައް ބާއްވަން ދޫކުރަމުން ގެންދާ ހުއްދަތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަމަށް އެޗްޑީސީން ބުނެއެވެ. ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނައިރު ކޮވިޑްގެ އާ ވޭރިއަންޓުކަމުގައިވާ އޮމިކްރޯންގެ ކޭސްތަކެއްވެސް މިހާރު ރާއްޖެއިން ވަނީ ފެނިފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އިއްޔެވެސް 224 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެތެރެއިން 102 މީހުން ފެނުނީ މާލެ ސަރަހަށްދުންނެވެ. އެޔާއެކު އަނެއްކާވެސް މާލެ ސަރަހައްދުން ކޮވިޑުގެ ކޭސްތައް އިތުރުވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު އުޅެނީ 2،734 ގައި އުޅޭއިރު އޭގެތެރެއިން 13 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *