ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ބަލީގައި މިއަދު މަރުވީ އައިޖީއެމްއެޗް އީއާރަށް ގެންދިޔަ މީހެކެވެ. އޭނާ އަކީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ ރޭ މެންދަމު 3:12 ހާއިރެވެ.
Last night (06/01/22) at 03:12am a 79-year-old Maldivian male brought to IGMH/ER was declared dead.
This is the 264th COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant him soul eternal peace in heaven
— Health Protection Agency (@HPA_MV) January 6, 2022
މިއީ މި ބަލީގައި ރާއްޖެއިން މަރުވި 264 ވަނަ މީހާއެވެ. ރާއްޖޭގައި 2734 މީހަކަށް ކޮވިޑް-19 އަށް ފަރުވާދެމުން އަންނަ އިރު، 96،700 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މި ބަލި ޖެހިފައިވެއެވެ. އޭޣެ ތެރެއިން 93،700 އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ މި ބަލީގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރަން ވެސް މިހާރު ވަނީ ރާއްޖެއިން ފެނިފައެވެ. އަދި ކަންބޮޑުވާ މިންވަރަކަށް އިންފްލުއެންޒާ ވެސް ދަނީ ފެތުރެމުންނެވެ.