ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ގައުމީ ދުވަސްތައް އާކުރާއިރު ގައުމިއްޔަތުގެ ބިންގާ ވަރުގަދަކޮށް ގައުމިއްޔަތުގެ ތަނބުތައް ކޮޅަށް ޖެހުމަށްޓަކައި ތިމާގެ ދައުރަކީ، ޒިންމާއަކީ ކޮބައިތޯ ބަލައި އެކަމަށް ތިމާއަށް ކޮށްދެވޭނެ ކަންކަން ކޮށްދިނުމަކީ ގައުމު ދެކެ ލޯބިވާ ކޮންމެ ދަރިއެއްގެ ވެސް ޒިންމާއެއް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން އަންނަ ހުރަވީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ވީޑިއޯ މެސެޖުގައެވެ. 1443 ވަނަ އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މމި މެސެޖުގައި ވިދާޅުވީ ހުރަވީ ދުވަސްފަދަ ގައުމީ ދުވަސްތައް ފާހަގަ ކުރަމުންދާއިރު ގައުމީ އަބްޠާލުންގެ ޛިކްރާތައް އާކޮށް އެބޭފުޅުން ޤައުމަށްޓަކައި ކޮށްދެއްވި ބުރަ މަސައްކަތްތަކުގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށެވެ.

ގައުމީ ދުވަސްތައް އާކުރެވިގެންދާއިރު ޤައުމިއްޔަތުގެ ބިންގާ ވަރުގަދަކޮށް ގައުމިއްޔަތުގެ ތަނބުތައް ކޮޅަށް ޖެހުމަށްޓަކައި ތިމާގެ ދައުރަކީ، ތިމާގެ ޒިންމާއަކީ ކޮބައިތޯ ބަލައި އެކަމަށް ތިމާއަށް ކޮށްދެވޭނެ ކަންކަން ކޮށްދިނުމަކީ ކޮންމެ މުޢާޠިނެއްގެ ޒިންމާއެއް

ދިވެހި ގައުމިއްޔަތުގެ އެންމެ މަތީބަހާތަކަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިބަހާއި ދިވެހިތާރީޚާއި ސަގާފަތް ކަމަށާއި އެކަންކަން ދިރުވައި އާލާ ކުރުމަށް ކޮންމެ ދިވެހި ފަރުދެއްގެ ބޮޑު ޒިންމާއެއް އޮންނަ ކަމަށެވެ. އަދި އެ ޒިންމާ އަދާކޮށްގެން މެނުވީ އަންނަން އޮތް ޖީލުތަކާ ހަމައަށް ގައުމު މިނިވަންކަމާއި އިސްތިގްލާލާއެކު ފޯރުކޮށްދިނުމަކީ ނުވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދު އެންމެން އަޒުމް ކަނޑައަޅަންވީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އިއްޒަތާއި ޝަރަފާއެކު ދިވެހި ގައުމިއްޔަތުގެ މިނިވަންކަމާއި އިސްތިގްލާލު އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުން ކަމަށެވެ.

މިއަހަރުގެ ހުރަވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން ބާއްވާ ރަސްމީ ޖަލްސާއާއި ރަސްމީ ހަރަކާތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 28 އަދި 29 ވަނަ ދުވަހު ކ. ހުރާގައެވެ. އޭގެތެރޭގައި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން އިސްރަށްވެހިންނާއި ކުޑަކުދިންނަށް، ކުޑަކުދިންގެ ހަވީރަކާއި ދިވެހި ތާރީޚާ ގުޅޭ މައުލޫމާތު ސެޝަނެއްގެ އިތުރުން ސަގާފީ ކުޅިވަރު ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *