ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ޒިޔާރަތް ކުރެއްވި ރަށްތަކުގެ ތެރޭގައި ނ. މާފަރާއި، ލަންދުއާއި، މަނަދުއާއި، މަގޫދޫ އަދި ހޮޅުދޫ ހިމެނެއެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން ނ. އަތޮޅު ކައުންސިލް މެންބަރުންނާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި އެ ބޭފުޅުން ވަނީ ރަށްރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި، އެ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އިތުރަށް ބޭނުންވާ ކަންތައްތައް ރައީސް ސޯލިހާ ހިއްސާކުރައްވާފައެވެ.

ރައީސް ސޯލިހް ވަނީ އެމަނިކުފާނު ދަތުރުކުރެއްވި ގިނަ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވައި ލައްވައި، ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ވެސް ބައްލަވާލައްވަފައެވެ. މީގެ އިތުރުން ލަންދޫ މިސްކިތާއި، ބަނދަރު ހުޅުއްވައިދެއްވައި، މަގޫދޫގައި އަލަށް އިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވައި ދެއްވައި، ހޮޅުދޫ ފުޓްބޯޅަދަނޑު ވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

އެމަނިކުފާނުގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި، ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *