އެމްޑީޕީގެ ކެމްޕޭންގައި ބޭއްވި އެއްވުމެއްގެ ކުރީ ސަފުގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޗެއަރޕާސަން ހަސަން ލަތީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިފުރާނައިގެ ރައްކާތެރިކަން ނަގައިލުމަށް ވާގިވެރިވަމުންދާ "ރައްޔިތުންގެ އިއްތިހާދު"ގެ ނަމުގައި ހިންގާ ހަރަކާތާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ އިއްތިހާދުން ވާގިވެރިވަމުން ދަނީ ރައީސް ނަޝީދު ޣައިރު ދީންތައް ޕްރޮމޯޓްކުރާ ކަމަށް ދޮގު ޚަބަރު ފެތުރުމުގެވާސިތާއިން އެމަނިކުފާނުގެ ހަށިފުރާނައިގެ ރައްކާތެރިކަން ނަގައިލުމަށް ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށްގެން އެމަނިކުފާނުގެ އިސްތަށިފުޅުގައި ލާދީނީ ލޭބަލް އެޅުވުމަށް ހަރަކާތުން މަސައްކަތްކުރަމުންދާކަމީ ޚާއްސަ ކަންބޮޑުވުމެއް ކަމަށް އެ ޕާޓީން ބުނެއެވެ.

ރައީސް ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ސިފަކޮށް، އެ ތަކްފީރީ ޖޯޝުން ހިތްވަރު ނެރެ، އެމަނިކުފާނު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާ ދިންތަާ އަދި އަހަރު ދުވަސް ނުވާކަން އެމްޑީޕީގެ ބަޔާނުގައި ބުނެއެވެ. އަދި އެ ހަމަާއިން އެމަނިކުފާނުގެ ފުރާނަފުޅު ސަމާލަތްވީ ކިރިޔާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެމްޑިޕީން ބުނީ ބޮމުގެ ހަމަލާގެ އަޑީގައިވި ފަރާތްތައް އަދިވެސް ހޯދިފައިނުވާއިރު، ޓެރަރިސްޓް ހަމަލާތަކަށް ދިވެހި މުޖުތަމައު ހުށަހެޅުމަށް ތައްޔާރަށް ތިބި ހައްދުފަހަނައެޅި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ތިބިކަން ސަލާމަތީ ޚިދުމަތްތަކުން ހާމަކުރަމުންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ރައީސް ނަޝީދަކީ ކާފަރެއްކަމުގައި ސިފަކުރުމުގެ ފިތުނަވެރި ހަރަކާތެއް އަނެއްކާ އުފައްދާ، އިންތިޒާމުވެ، ހިންގަން ދޫކުރުމަކީ އެމަނިކުފާނުގެ ފުރާނަފުޅާއި ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުން އަރުވާފަދަ ނުރައްކާތެރި ކަމެއްކަމުގައި މެނުވީ އެ ޕާޓީން ނުދެކޭކަމަށް އެމްޑީޕީން ބުނެއެވެ.

"ރައްޔިތުންގެ އިއްތިހާދު" އިން ފުލުހުންނަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ، ނަސާރާއިން ފާހަގަކުރާ އެއް އީދު ކަމަށްވާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ފާޅުކަން ބޮޑު ގޮތަކަށް ދިވެހިންނަށް ފޮނުވާފައި ކަމަށް ބުނެއެވެ. އަދި އޭގެ ކުރީ އަހަރުވެސް ކްރިސްމަސްގެ ތަހުނިޔާ ވިދާޅުވެ ރައީސް ނަޝީދު ތަހުނިޔާގެ މެސެޖުތައް ފޮނުއްވާ އެފަދަ ފޮޓޯ އާންމުކުރައްވާފައިވާ ކަމަށާއި ފުލުހަށް އެފަހަރު މައްސަލަ ހުށަހެޅި ނަމަވެސް މައްސަލަ ކުރިއަށް ގެންގޮސްފައި ނުވާ ކަމަށް ހުށަހެޅި މައްސަލައިގައި ބުނެއެވެ.

ގައިރު ދީންތަކަށް ރައީސް ނަޝީދު ފާޅުކަން ބޮޑުގޮތެއްގައި ތާއިދުކުރާކަމަށްބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަބަދުވެސް އަމާޒުވެއެވެ. އަދި މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ބޮމެއް ގޮއްވާލައި ރައީސް ނަޝީދަށްދިން ހަމަލާއަކީވެސް ހަރުކަށި ފިކުރުގެ ބަޔަކު އެމަނިކުފާނަށް އަމާޒުކޮށްގެން ދިން ހަމަލާއެއްކަން ފާހަގަކޮށްލަންޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *