ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ކޮމިޝަންގެ ފަސް މެމްބަރުން ވެސް އިސްތިއުފާދިނުމާއެކުގައެވެ. އޭސީސީގައި ޖުމްލަ ތިބެނީ ފަސް މެމްބަރުންނެވެ.

މިފަހަރު މި ހުޅުވާލީ ކޮމިޝަންގައި މިފަހުން ބާކީ ތިއްބެވި ތިން މެމްބަރުންގެ މަގާމުތައް ހުސްވުމާއެކުގައެވެ. އެ މެމްބަރުން އިސްތިއުފާ ދެއްވީ، އެކަށީގެންވާ މިންވަރަށް މަގާމުގެ ޒިންމާ އަދާނުކުރާކަމަށާއި، ކޮމިޝަނުގެ މަސައްކަތް ލަސް ކަމަށް ބުނެ މެމްބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނިކޮށެވެ.

އޭސީސީގެ ރައީސް އާއިއެކު ހުރިހާ މެމްބަރުން އިސްތިއުފާ ދީފި

އެ ކޮމިޝަނުގައި އެންމެ ފަހަށް ތިބީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި، ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން މެމްބަރު އައިޝަތު އަބްދުﷲއެވެ. އޭގެ ކުރިން މެމްބަރުކަމުގައި ތިއްބެވި އިބްރާހިމް ޝަކީލާއި އަލީ އަޝްރަފް އެވެ.

ޝަކީލް އަދި އަޝްރަފް އިސްތިއުފާ ދެއްވުމާއި އެކުގައިވެސް ކޮމިޝަނުގެ މެމްބަރުކަމަށް ހުޅުވާލިއެވެ. ނަމަވެސް މިފަހަރު ހުޅުވާލީ ކޮމިޝަނުގެ ހުރިހާ މެމްބަރުންގެ މަގާމުތައް ހުސްވުމާއި ގުޅިގެންނެވެ.

އޭސީސީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން ޖެނުއަރީ 17، 2022 ވަނަ ދުވަހު 12:30 ގެ ނިޔަލަށެވެ. މަގާމަށް އެދޭ ފޯމު ހުށަހެޅުން އޮންނާނީ ޖެނުއަރީ 16 އަދި 17 ވަނަ ދުވަހުގެ 9:30 އިން 12:30 އާ ހަމަޔަށެވެ. ފީމު ހުށަހަޅަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމާއި އެކު އެ ކޮމިޝަނުން ވަނީ ސަރުކާރުން ކޮމިޝަނަށް ނުފޫޒުފޯރުވަން މަސައްކަތްކުރާ ކަމާއި، ކޮމިޝަންގެ މިނިވަންކަމަށް އަރައިގަތުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ތުހުމަތުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *