މަގާމުން ވަކި ކުރި މިސްބާހު މުޖުތަބާ. އޭނާ ވަނީ ގއ. މާމެންދު ކައުންސިލްގެ ނައިބު ރައީސްކަމުން ވަކިކޮށްފަ.

ގއ. މާމެންދޫ ކައުންސިލްގެ ނައިބު ރައީސް މިސްބާހް މުޖުތަބާ މަގާމުން ވަކިކޮށްފިއެވެ.

މިސްބާހު މަގާމުން ވަކިކުރީ މިއަދު އޮތް ކައުންސިލްގެ ބައްދަލުވުމެއްގައި އޭނާއާ ދެކޮޅަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެ ނިންމުން ނިންމާފައިވަނީ ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީން މިހާރު ވަނީ ކަނޑައަޅައިފައެވެ.

އެހެންކަމުން މިއަދުން ފެށިގެން އެ ކައުންސިލްގެ ނައިބު ރައިސް މިސްބާހު މަގާމުން ވަކިވެފައިވާކަމަށް އެރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އަންގާފައެވެ. ނައިބު ރައީސްގެ މަގާމުން ވަކިވިނަމަވެސް ކައުންސިލް މެމްބަރެއްގެ ގޮތުގައި މިސްބާހު ދެމިހުންނާނޭކަމަށް ކައުންސިލުން ބުނެއެވެ.

މިސްބާހުގެ އިތުބާރު ނެތްކަމަށް ނިންމީ ކޮން މައްސަލައަކާއި ގުޅިގެންކަމެއް އަދި ސާފެއް ނުވެއެވެ. އަދި އެ މައުލޫމާތު ހޯދުމަށް 'ޖަޒީރާ' އިން މާމެންދޫ ކައުންސިލް އަދި މިސްބާހަށްވެސް ގުޅުމުން ފޯނަށް ޖަވާބުދެއްވާފައިނުވާތީ ސާފުކުރެވޭ ގޮތެއް ނުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *